English Edition
Dhivehi Edition

ށ. ފުނަދޫ މޫދުގައި އުމުރުން އެއް އަހަރާ ނުވަ މަހުގެ ކުޑަ ފިރިހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުނަދޫގައި ކުޑަ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، މިހާރު ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ‘އޭއޯ ނިއުސް’އަށް މައުލޫމަތު ދެމުން ބުނީ ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އެކުއްޖާ ނުފެނިގެން ހޯދަމުން ދަނިކޮށް ކުއްޖާގެ މަންމައަށް ކަމަށެވެ.އެ ފަރާތުން ބުނީ އެ ގެއަކީ މޫދާ ވަރަށް ކައިރީގައި ހުންނަ ގެއެއް ކަމަށާއި، ކުއްޖާ ގޭގައި ނެތްކަން އެނގުނީ އަސުރު ނަމާދު ކުރުމަށް އެކުއްޖާގެ މަންމަ ވުޟޫ ކޮށްގެން ފާހާނާއިން ނުކުތުމުން ކަމަށެވެ.އަދި ފަސް ވަރަކަށް މިނެޓު ތެރޭގައި އެ ކުއްޖާ މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެކުއްޖާ މަރުވެފައިވާ ކަމަށެވެ.

ޓެގު