English Edition
Dhivehi Edition

ކޮމްޕިއުޓާރ ސައިންސުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ލެރީ ޓެސްލާ އެވެ. ކޮމްޕިއުޓާރ ސައިންޓެސްޓެއް ކަމުގައިވާ ޓެސްލާ އަކީ ‘ކަޓް’، ‘ކޮޕީ’ އަދި ‘ޕޭސްޓް’ ވުޖޫދަށް ގެނައި ސައިންސު ވެރިޔާއެވެ.

ޓެސްލާ ފުރަތަމަ ކޮމްޕިއުޓާރ ސައިންސުގެ ދާއިރާއަތް ނިކުތީ ސިލިކޮން ވެލޭ ކިޔާ ކުންފުންޏެއްގައި 1960 ހުގެ ކުރީކޮޅު މަސައްކަތް ފެށިފަހުންނެވެ. އެދުވަސްވަރުގެ ހާލަތަށް ބަލާނަމަ ގިނަ ފަރާތްތަކަށް ކޮމްޕިއުޓަރަކީ އެހާ ދެކެފަރިތަ އެއްޗެއް ނޫނެވެ. އަދި އެހާ މުހިންމު އެއްޗަކަށްވެސް އޭރަކު ނުވެއެވެ.

ޒެރޮކްސް ކުންފުނީގައި ޓެސްލާގެ ހަޔާތުގެ ގިނަ ދުވަހަސްތަކެއް ހޭދަކޮށްފައިވާއިރު އެ ކުންފުނިން ވަނީ ޓެސްލާ ނިޔާވުމުން ހިތާމަ ފާޅުކޮށް ޓެސްލާ ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަ ކޮށްފައެވެ.

ޓެސްލާ އުފަންވެފައި ވަނީ އެމެރިކާގެ ނިއުޔޯކް އަށެވެ. 1945 ގައި އުފަންވި ޓެސްލާ ކިޔަވާ ވިދާޅުވީ ކެލިފޯނިޔާގެ ސްޓޭންފޯޑް ޔުނިވާރސިޓީ އިންނެވެ. ކިޔަވައި ނިމުމަށްފަހު އޭނާ ކުރިޔަށް ދިޔައީ ކޮމްޕިއުޓަރުތައް މީހުންނާއި ރައްޓެހި އެއްޗަކަށް ހެދުމަށް މަސައްކަތް ކުރުމަށެވެ. އޭނާ ވަނީ ހަޔާތުގެ ގިނަ ދުވަސްތައް އެތަކެއް ޓެލް ފާމް ތަކުގައި މަސައްކަތް ކޮށްފައެވެ.

ޓެސްލާ ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ ޒެރޮކްސް ޕާރލޯ އަލްޓޯ ރިސާރޗް ސެންޓަރުގައި އެވެ. އޭނާ ވަނީ އެޕަލް ކުންފުނީގެ ޗީފް ސައިންޓިސްޓެއްގެ ގޮތުގައި 17 އަހަރުހޭދަކޮށްފައެވެ. އޭގެ ފަހުން އެމެޒޯން އާއި ޔާހޫގައިވެސް އޭނާ މަސައްކަތް ކުރިއެވެ.

ޓެސްލާ ނިޔާވިއިރު އޭނާގެ އުމުރަކީ 74 އަހަރެވެ.