English Edition
Dhivehi Edition

“އީސްޓާ ސަންޑޭ” އާއި ދިމާކޮށް މިދިޔަ އަހަރު އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ދިވެހިންގެ ހަތަރު މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް، ލަންކާގެ ނޫސްތައް ބުނެފިއެވެ.

ލަންކާގެ ނޫސްތަކުން ބުނެފައިވަނީ މި ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައިވަނީ 216 މީހުން ކަމަށެވެ. މި ގޮތުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން 153 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނޭކަމަށް ބޭރުގެ މީޑިއާތަކުންވަނީ ބުނެފައެވެ، އިންޓަޕޮލް އާއި ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަދި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އާއި ގުޅިގެން މި ހާދިސާގެ ތަހުޤީގު ވަރަށް ބާރަށް ކުރިއަށްދާއިރު މިހާދިސާއާއި ގުޅިގެން 06 އަންހެނުންވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެޕްރީލް 21 ވަނަ ދުވަހު ކޮލަމްބޯގެ ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން ކަމަށް ސަރުކާރުން ބުނަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ކަމަށެވެ. އެ ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވެސް އުފުލައިފަ އެވެ.ބޮމުގެ ހަމަލާގައި 258 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބިދޭސީ 45 މީހުން ވެސް ހިމެނެ އެވެ.