English Edition
Dhivehi Edition

2019 ވަނަ އަހަރު މުދަލުގެ ޒަކާތް ދެއްކި އަދަދު އިތުރުކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ވަނީ 4.2 އިންސައްތަ އިތުރުވެފައެވެ. ކުރިން އިސްލާމިކް މިނިސްޓްރީން ބަލައިގަންނަމުން އައި މުދަލު ޒަކާތް 2016 ވަނަ އަހަރު ވަނީ މީރާ އިން ބަލައިގަންނަ ގޮތަށް ހަމަޖެހިފައެވެ.

މީރާއިން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 69 މިލިއަން ރުފިޔާއާއި 7,468 ޑޮލަރު ވަނީ ލިބިފަ އެވެ. މީރާއަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ވަނީ މުދަލު ޒަކާތުގެ ގޮތުގައި 5.3 މިލިއަން ރުފިޔާ ލިބިފައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2018 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބިފައި ވަނީ 66 މިލިއަން ރުފިޔާއާއި 5,554 ޑޮލަރެވެ.