English Edition
Dhivehi Edition

ޒާދް އެކަޑަމީއިން އިންތިޒާމްކޮށްގެން އައްޑޫސިޓީ މީދޫ ގައި ކަށުކަމާކެމީގެ(ސެޓްފިކެޓް 1 އިން ރޫލްސް އޮފްޖަނާޒާ) ކޯސް ހިންގުމަށް އެފަރާތުން ތައްޔާރުވާންފަށައިފިއެވެ.

ޒާދް އެކަޑަމީއިން މައުލޫމާތު ދޭގޮތުގައި މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ މާރިޗްމަހު އެއްވަނަ ދުވަހުއެވެ.

ތިން ހަފްތާއަށް ދެމިގެންދާ މިކޯހުގެ ޝަރުތަކީ އަސާސީތަޢުލީމުގެ ފެންވަރުހުރުން ނުވަތަ 16 އަހަރު ފުރިފައިވުމާއެކު، ދިވެހިބަހުން ލިޔަންކިޔަން ދަންނަ މީހެއްކަމުގައިވުމެވެ.މިކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (MQA)އިން ގަބޫލުކުރާ ކޯހެއްކަމަށް ޒާދް އެކަޑަމީއިން މައުލޫމާތުދެއްވައެވެ. މިކޯހުގެ ފީއަކީ 1000ރ އެވެ.

މިކޯހާބެހޭ އިތުރުމައުލޫމާތު ހޯއްދެވުމަށް ގުޅާނެ ފޯން ނަމްބަރަކީ  9901550 އެވެ. ކޯހުގެ އެޕްލިކޭޝަން ފޯމް   ތިރީގައި މިވާ ލިންކްއަށް ފިއްތާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ.

https://docs.google.com/forms/d/e/1FAIpQLSfk-vaiqq__3-PFBCdqOAfHmusJRrs_vNNp80hZRF9Hq7Lllw/viewform