English Edition
Dhivehi Edition

ދުޅަހެޔޮ ސިއްޙަތެއް ލިބުމަކީ ހާސްނިޢުމަތެވެ. މިނިޢުމަތް ލިބިގަންނަން ނޭދޭނޭ އެކަކުވެސް ނުހުންނާނެއެވެ. ޤަބޫލުކުރަންޖެހޭ ޙަގީގަތަކީ ބަލިވުމަކީ ވަކި މީހަކަށް އޮތް ކަމެއް ނޫން ކަމެވެ. ޖެހިފައިވާ ބައްޔެއްގެ ސަބަބުން އަޅާ ވޭނަށް ކެތްނުކުރެވި މަރާއި ހަނގުރާމަ ކުރަމުންދާ އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވެ. ކ.މާލެ އަށް އުފަން ދަފްތަރު ނަންބަރު 1140 އަޙުމަދު ޝުޖާޢު ޔަޙްޔާ އަކީ މިފަދަ ބަލިޙާލެއްގައި ޢުމުރުގެ ގިނަ ދުވަސްތައް ހޭދަ ކުރަމުންދާ ޒުވާނެކެވެ.

އެކަށީގެންވާ ތަޢުލީމާއި ތަމްރީން ހޯދައިގެން ޢަމަލީ މައިދާނަށް ނިކުމެ އަމިއްލަ ދިރިއުޅުން އާރާސްތު ކުރުމާއިގެން އުޅެނިކޮށް ޝުޖާޢުވަނީ ސިއްޙަތު ތަން ނުދިނުމުގެ ސަބަބުން ނުކުޅެދޭ ޙާލަތަށް ރުޖޫޢަ ވެފައެވެ.

ޝުޖާޢުއަކީ އެލާޖިކްވުމުގެ މައްސަލަ ހުންނަ މީހެކެވެ. އެއާއެކު ނޭފަތުން ލޭއައިސް ފުރަމޭ ދުޅަވުމުގެ އިތުރަށް ކުޑައިރުއްސުރެ ލޭގައި ޖަރާސީމް އުފެދުމުގެ މައްސަލަ އޭނައަށްވަނީ ކުރިމަތިވެފައެވެ.

” ވަރަށް ވޭނުގަ އުޅެން ޖެހެނީ . ގިނަ ވަގުތު ނުނިދޭ ގައިގަ އެވަރަށް ރިއްސާ ، ބޮޑެތި ގޮއްލާފަ ހުން އައިސް މުޅި މީހާ ދުޅަވެފަ ހުންނަނީ.”

ޝުޖާޢު އޭނާގެ ހަށިގަނޑުގައި އަޅާ ވޭން އޭއޯނިއުސްއާއި ޙިއްސާ ކުރަމުން ކިޔާދީފައިވެއެވެ.

 

އޭނާ ބުނާ ގޮތުން ކިތައްމެ ބަލިވިއަސް އޭނާއާއި ގުޅޭ ބޭހެއް ހޯދުން ވަނީ ބޮޑު ކަމަކަށެވެ. އަމުދުން ރާއްޖޭގައި މިކަމަށް ދެވޭނެ ފަރުވާއެއް ނެތުމުން ޖެހެނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާށެވެ. މިކަމަށް ކުރަންޖެހޭ ހޭދައިގެ ބޮޑުކަމުން މިއީ ޝުޖާޢުގެ ޢާއިލާއަށް ކުޅަދާނަ ވަރު ކަމަކަށް ނުވެއެވެ.

” ރާއްޖޭގެ ހޮސްޕިޓަލްތަކަށް ދިޔައިމަ އަބަދުވެސް ޓެސްޓު ހައްދަނީ. އެއްވެސް ބޭހެއް ޑޮކްޓަރުންނަކަށް ނުދެވޭ. އެންމެ އާދައިގެ ބޭސްވެސް އަޅުގަނޑަކާ ނުގުޅޭ. ޕެނެޑީން،ޕެނެޑޯލް،އުފޮމޯލް،އެންޓިބަޔޮޓިކް،ޕެއިންކިލާ ފަދަ އެއްވެސް ބޭހެއް ނުކެވޭ. “

ޝުޖާޢުގެ މިބައްޔަށް އޮތް ޙައްލަކީ އޭނާގެ ހަށިގަނޑުގައި ހުރިލޭ ބަދަލު ކުރުންކަމަށް ޑޮކްޓަރުން ލަފާ ދެއްވި ނަމަވެސް މިކަން ވެސް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

“އިންޑިއާގެ ކިމްސް ހޮސްޕިޓަލުން ލޭ ދަމާފަ ލޭ އެޅުމުގެ ޕްރޮސީޖަރ ކުރިއަށް ގެންދަން ވެގެން 36 އިންޖެކްޝަނެއް ޖަހަން މަސައްކަތް ކުރި . އޭގެ ތެރެއިން 12 އެތި ޖެހުނުއިރު އަޅުގަނޑު ހޭނެތިއްޖެ. އެހާހިސާބުން ޖެހުނީ އެމަސައްކަތް ހުއްޓާލަން.”

ޝުޖާއުއަށް ދިމާވެފައިވާ ބައްޔަށް ފަރުވާ ހޯދުމަށް ދިގު މުއްދަތަކަށް ބޭރުގައި ތިބެންޖެހެއެވެ. އެހީތެރިޔާއާއިއެކު ކެއިންބުއިމާއި ހުރުމުގެ ޚަރަދަށް ބޮޑު ހޭދަ އެއްކުރަންޖެހޭތީ އޭނާއެވަނީ ފަރުވާއަށް ނުފުރިފައެވެ.ފަރުވާއެއްނެތި  އެހެން ހުންނަން ޖެހުމުން ގައިގައި އަޅާ ވޭން އެތައް ގުނައަކަށް ބޮޑުވެފައިވާ ކަމަށް އޭނާ ބުނެއެވެ.

ޝުޖާޢުވަނީ އޭނާއަށް ދިމާވެފައިމިވާ ބަލީގެ ސަބަބުން ހެލިފެލިވެ އުޅުމަށްވެސް ނުކުޅެދިފައެވެ.

“ތެދުވެލާއުޅޭ ގަޑީގަ ވަރުބަލިވެގެން ވެއްޓޭގޮތް ވަނީ.ހާސްވެ މެއަށް ތަދުއަރާފަ ދެން ޖެހެނީ އޮށޯންނަން.”

މިއީ އޭނާއަށް އުޅެން ޖެހިފައިވާ ޙާލެވެ. މިކަމުގެ ސަބަބުން ބަރުދަން އިތުރުވެ ހަށިގަނޑުގެ ދުޅަހެޔޮކަމަށް އަސަރުކޮށްފައިވެއެވެ.

” އަޅުގަނޑު ކަސްރަތުކޮށް ހިނގާވެސް ހަދަން . ކެވޭ މަދުކާނާގެ ތެރެއިން ބައެއް ތަރުކާރީއާއި މޭވާ ފެނުކައްކައިގެން ކަނީވެސް. ދެން ބަތާއި ގަރުދިޔަ ކެވޭ އެއްޗަކަށް ހުންނަނީ. މިގޮތަށް ކެއުން ހުންނައިރުވެސް ބަރުދަން ލުޔެއް ނުކުރެވޭ. “

ޝުޖާޢު އަކަށް އާދައިގެ މީހުން ކައިބޮއެ ހަދާ މީރުހާ ކާނާތަކެއް ނުކެވެއެވެ. އެއްގަމުމަހާއި ފަރުމަހުގެ އެކި ބާވަތްތަކަކީ އޭނާގެ ހަތުރުންނެވެ. ތަރުކާރީގެ ތެރެއިންވެސް ކެވެނީ ބީންސްއާއި ކެބެޖް ފަދަ މަދުބާވަތެކެވެ.

ޝުޖާޢުއަކީ ކުޑަ އިރުއްސުރެން ފެށިގެންވެސް ނަފްސާނީ މައްސަލައަކަށް ބޭސްފަރުވާ ކުރަމުން އަންނަ މީހެކެވެ. މިކަން ފެށުމުގެ އަސްލަކަށްވީ އޭނާއަށް ސްކޫލްދައުރުގައި ނުޙައްގުން  ލިބެމުން ދިޔަ އަނިޔާތަކާއި ކުޑައިރު ރައްޓެހިން ތަކެއް ކުރި ގޯނާގެ ނަތީޖާ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

” ޢިމާދުއްދީން ސްކޫލް ގްރޭޑް 7 ގައި އަޅުގަނޑު އުޅެނިކޮށް ސިޔާސީ މައިދާނުގައިވެސް ނަން މަޝްހޫރު ވެރިއަކު އަބަދާއަބަދު އަޅުގަނޑު ކުޑަކަކޫ ޖައްސާފަ ބެހެއްޓީ. އެއީ އަޅުގަނޑު ދުވަހަކުވެސް ހަނދާނުން ފޮހެވޭނެ ކަމެއްނޫން. ވަރަށް ބޮޑަށް ނިކަމެތިވެ ދުނިޔެއިން ފޫހިވެގެން ދިޔަކަމެއް އެއީ. ދެން ދިމާވި އަނެއްކަމަކީ މަޖާކުރުމަށް ކަމަށްބުނެ ރައްޓެހިންތަކެއް އަޅުގަނޑުގެ ދެފައިގައި ވާއައްސާފަ މޫދަށް ގަންބާލި ދުވަސް. އެދުވަހު އަޅުގަނޑު ސަލާމަތްވީ ބަކަތަޅަންފެށީމަ ދުރުގަ ތިބި ބަޔަކަށް އެމަންޒަރު ފެނިގެން އައިސް ނެގުމުން”.

ބުލީ ކުރުމާއި ކުށެއްނެތި އަދަބު ލިބުން ފަދަ ކަންތައްތަކަކީ ނަފްސާނީގޮތުން މީހާ ބަލިކަށިކޮށްލާ ވަސީލަތަކަށްވާއިރު ޝުޖާޢު އެވަނީ އެފަދަ އެތައް ކަމަކާ ކުރިމަތިލާފައެވެ. މިކަންތައްތަކާއެކު އޭނާއަށް ދިމާވެފައިވާ ގޮތްނޭނގޭ އެތައް ބައްޔަކަށް ފަރުވާ ހޯދުމުގައި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން  ވަނީ ހުރަސް އެޅިފައެވެ. ބަލީގެ ފުރަތަމަކޮޅު ކިޑްނީގެ އެކި މައްސަލަތައް ދިމާވެ އެކަމުގެ ވޭނުގައި އުޅުމަށްފަހު ﷲ ހެ ހެޔޮ ރަޙްމަތުން ކިޑްނީގެ ބަލި މުޅިން ފަސޭހަވެފައިވާކަން ޝުޖާޢު ފާހަގަ ކުރިއެވެ.

ޢުމުރުން އެންމެ 30 އަހަރުގެ މިޒުވާނާ ގެ ހުވަފެންތަކުގައި ކުލަޖެހެން،އެހެންމީހުންނެކޭ ވެސް އެއްފަދައިން އޭނާވެސް ބޭނުންވާނެއެވެ.

ދިރިއުޅުން އާރާސްތު ކުރުމުގެ ނިޔަތާއެކު ޙަޔާތަށް 3 ވަނަ އަތްބަކު އޭނާމިވަނީ ގެނެސްފައެވެ. ކުރީގެ ދެ އަނބިންވެސް ވީ ކުޑަވަގުތުކޮޅެއްގެ މެހެމާނުންތަކަކަށެވެ.

އަމިއްލަ ޙާލާއިގެން ނުއުޅެވޭއިރު އެހެންމީހަކަށް ކޮށްދެވޭނެ މާބޮޑުކަމެއް ނެތުމުން އޭނާ ޤަބޫލު ކުރާ ގޮތުގައި އޭނާގެ އަތުގައި ހިފާ މީހާވެސް އެނބުރި ދަނީއެވެ.

ޝުޖާޢުއަށްވަނީ އަހަރުތެރޭ ދެތިން ފަހަރު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދާން ޖެހިފައެވެ. އާސަންދައިން ބޭސްފަރުވާގެ ކަންތައް ހަމަޖެހިފައިވީނަމަވެސް ހުރުމާއި އެހެނިހެން ޚަރަދުތަކަށް އޭނާއަށްވަނީ ދީލަތި އަތެއްގެ އެހީތެރިކަން ބޭނުން ވެފައެވެ.

ޝުޖާޢު އަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން ޝުޖާޢުގެ އަނބިމީހާ ޝަރުމީލާ އާދަމްގެ  7704441020101 އެކައުންޓަށް ފައިސާ ޖަމާ ކޮށްދިނުމަށް އޭނާ އެދެއެވެ.

ޝުޖާޢުއާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 7999203 ނުވަތަ 9818778 ނަންބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ބޭނުން ޖެހިފައިވާ މީހުންނަށް އެހީވުމާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ވަޙީބަސްފުޅުތަކާއި ޙަދީޘް:

މީސްތަކުންނަށް ހެޔޮކޮތް ހިތުމަކީ އަޅާގެ ނިމުން ރަނގަޅުވެގެންދާ އަދި ނުބައި ނިމުމުން ދުރުހެލިކޮށްދޭ ކަމެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«صَنَائِعُ الْمَعْرُوفِ تَقِي مَصَارِعَ السَّوْءِ، وَالصَّدَقَةُ خَفِيًّا تُطْفِئُ غَضَبَ الرَّبِّ، وَصِلَةُ الرَّحِمِ زِيَادَةٌ فِي الْعُمُرِ، وَكُلُّ مَعْرُوفٍ صَدَقَةٌ، وَأَهْلُ الْمَعْرُوفِ فِي الدُّنْيَا أَهْلُ الْمَعْرُوفِ فِي الْآخِرَةِ» [رواه الطبراني في الأوسط وحسنه الألباني في صحيح الترغيب والترهيب]

މާނައީ: “ހެޔޮކަންތައްތައް ކޮށްދިނުމަކީ ނުބައި ނިމުމުން ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި ސިއްރުން ކުރެވޭ ޞަދަޤާތަކީ ވެރިރައްބުގެ (އެބަހީ: ﷲގެ) ކޯފާއިން ދުރުކޮށްދޭ ކަމެކެވެ. އަދި ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ޢުމުރު އިތުރުކޮށްދޭ ކަމެކެވެ. އަދި ކޮންމެ ހެޔޮކަމަކީ ޞަދަޤާތެކެވެ. ދުނިޔޭގައި ހެޔޮފޯރުކޮށްދޭ މީހުންނަކީ އާޚިރަތުގައިވެސް ހެޔޮކަމުގެ އަހުލުވެރިންނެވެ

 

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: “އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”

ބޭނުން ޖެހިފައިވާ މީސްތަކުންގެ ބޭނުންތައް ފުއްދައިދިނުމަކީ ކުރެވޭ ޞަދަޤާތެކެވެ.

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

“އެމީހެއްގެ އަޚާގެ ޙައްޤުގައި، އޭނާއަށް އެހީތެރިވެދިނުމަށް މަސައްކަތްކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށްމެ ޞަދަޤާތެއްވެއެވެ.”

ﷲތަޢާލާގެ ޙަޟްރަތުގައި  އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހާކަން ޢިޝާރާތް ކުރައްވާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނީ
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: “ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ

 

 

 

 

 

1 ކޮމެންޓް
Hageegai ingey meeheh
ފެބުރުއަރީ 20, 2020
Dhiyaeetha nukuljedhey meehehgge laarigandu kaalain gos huri meeheh.. bayyeh nuvaaneyey ehves noon.. ekam shujaau 3vana kaiveni kury kihineh... eyna enme fahun inmeehaage idhai ge rf vx nudhy ehunnany...nikamethinnah dhera goii hedyma ekamuge gothunvx allah medhuveri kurrhvvi goii kanneynge Thursday...