English Edition
Dhivehi Edition

ސަރުކާރުން ސިސްޓަމެޓިކްކޮށް ޖުޑިޝަރީގެ މިނިވަަންކަން ނަގާލާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲދީދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު ކަމުން ވަކި ކުރެއްވި ފަހުން ކުރެއްވި ފުރަތަމަ ޓްވީޓްގައި އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަކީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ވާހަކަފުޅެއް ނޫން ކަމަށެވެ .”މިސްޓަ ޕްރެޒިޑެންޓް، މިއީ ތާކުންތާކުނުޖެހޭ ވާހަކަފުޅެއް. ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަން މަނިކުފާނުގެ ސަރުކާރުން ސިސްޓަމެޓިކްކޮށް ނަގާލާފައިވާކަން މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،” ޝަރުއީ ދާއިރާ އިސްލާހުކުރަނީ އިޅުލާސްތެރިކަމާ އެކުގައި ކަަމަށާއި އެދާއިރާއަށް ނުފޫޒެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަމުން އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.

އަހުމަދު އަބްދުﷲ އުއްތަމަ ފަނޑިޔާރު ކަމުން ވަކި ކުރީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުންތަކެއް ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނުގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.