English Edition
Dhivehi Edition

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރާ ގުޅުވައިގެން ޗެނަލް 13 އިން ގެނެސްދޭ ‘މަޑިސީލަ’ ޕްރޮގްރާމްގައި ދެއްކީ ގާނޫނާ ހިލާފު ވާހަކަތަކެއް ނޫން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

ދިޔަ އޮކްޓޯބަރު 15 ވަނަ ދުވަހުގެރޭ މަޑިސީލަ ޕްރޮގްރާމްގައި އިޒްމިއާ ފިރިހެން ނޫސްވެރިންނަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށާއި އިޒްމިއާ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރި ފަހުން، އޭނާ އަންގައިގެން ފިރިހެން ނޫސްވެރިން ހައްޔަރުކޮށް، އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާކަމުގެ ތުހުމަތުތަކެއްވަނީ ކޮށްފައެވެ.

މި ވާހަކަތަކާއި ގުޅިގެން އެ ޕްރޮގްރާމް ދެއްކީ ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފަށް ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި ބްރޯޑްކޮމް އިން ބުނީ މަޑިސީލަ ޕްރޮގްރާމްގައި ދެއްކި ވާހަކަތަކީ ބްރޯޑްކާސްޓް ކުރުމުގައި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް ކަމަށް ބެލެވޭ ޖާގައެއް ނެތް ކަމަށް މައްސަލަ ބެލި ކޮމިޓީ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.