English Edition
Dhivehi Edition
2018ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސް ޞާލިޙް ކަސްޓަމްސްގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވަނީ - ފޮޓޯ: ނިޝާން ޢަލީ (މިހާރު)

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް ވަޑައިގެންފިއެވެ.

ރައީސް ޞާލިޙު ދ. ރިނބުދޫއަށް ވަޑައިގެންނެވުމާއެކު އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައި ވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް ޞާލިޙު ރިނބުދޫއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި އެރަށުގައި ޤާއިމްކޮށްފައިވާ ޘަޤާފީ މަގު ހުޅުވައިދެއްވުމާއި، “މަރިޔަންމާ” ޕްރޮގްރާމް އިފްޠިތާޙްކޮށްދެއްވުމާއި، ފުޓްސެލް ދަނޑު ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ރިނބުދޫ ކައުންސިލާއި، އެރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް ޞާލިޙު ރިނބުދޫއަށް ކުރައްވާ މި ދަތުރުފުޅުގައި މިރޭ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ޙަފްލާ ޝަރަފުވެރިކޮށްދެއްވުމަށްވަނީ ހަމަޖެހިފައެވެ.