English Edition
Dhivehi Edition
15 ފެބްރުވަރީ 2020ގައި ސިނަމާލެ ބްރިޖު ހައިވޭގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައި - ފޮޓޯ: ޕޮލިސް

ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގެ މަންޒަރު ދުށް ބަޔަކު ތިބިތޯ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ފެބްރުއަރީ 15 ވަނަ ދުވަހުގެ 10:20 އެހައިކަންހާއިރު، ހައިވޭއިން ހުޅުމާލެއަށް އަރަން އޮންނަ ހިސާބުގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކުވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ބްރިޖު ހައިވޭއިން ހުޅުމާލެއަށް ފައިބާ ކޮޅުގައި ސައިކަލާއި ފިއުލް ބައުޒަރެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން އަންހެން މީހާއަށް ވަނީ އަނިޔާވެފަ އެވެ. އަދި އޭނާ ވަނީ ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.