English Edition
Dhivehi Edition
ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ “މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑު” ގެ ނަން “މާލެ ހޮސްޕިޓަލްސް ބޯޑު އޮފް ޓްރަސްޓީސް” އަށް ބަދަލުކުރައްވައި، އެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމަށް އުފައްދަވާފައިވާ މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑުގެ ނަން މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް އަށް ބަދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެ ބޯޑު އަލުން އެކުލަވައިލައްވާފައިވަނީ 30 ޖަނަވަރީ 2020 ގައެވެ. އެ ބޯޑުގައި ނުވަ ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ. އެއީ:

  1. ޑރ ޢަބްދުލްޢަޒީޒު ޔޫސުފް (ވ. އަކީލާ)
  2. ނ.ޢ.ޢ.ވ. އަނީސާ އަޙްމަދު (މ. ލޮނުވެލި)
  3. ޑރ ފަރުޒާނާ ފިރުދައުސް (ގ. ފެއިތު)
  4. ޑރ އިސްމާޢީލް ޝަފީޢު (މ. ޕޮޕީ)
  5. އަލްފާޟިލް ޙާމިދު ޞާދިޤު (އަލިހިޔާގެ، ޅ. ނައިފަރު)
  6. އަލްފާޟިލް ޢަބްދުލްމާޖިދު (ގ. ކްރީމްގެ
  7. އަލްފާޟިލާ ޢާޠިފާ އިބްރާހީމް (މ. ދެބުދާރު)
  8. އަލްފާޟިލް އިބްރާހީމް ސަލީމް (މއ. ބަންދުގެ)
  9. އަލްފާޟިލާ މާރިޔާ ސަޢީދު (މއ. ކޮށީގެ)

މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް ބޯޑުގެ ޗެއަރމަންގެ މަޤާމަށް ރައީސް ޞާލިޙް ޢައްޔަނުކުރެއްވީ ޑރ. ޢަބްދުލްޢަޒީޒު ޔޫސުފް އެވެ. އަދި އެ ބޯޑުގެ ވައިސް ޗެއަރމަންގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ނ.ޢ.ޢ.ވ. އަނީސާ އަޙްމަދެވެ.