English Edition
Dhivehi Edition

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރުކަމުގެ މަޤާމަށް މ. ލަކްސްލިން ނީޒާ އިމާދު އައްޔަން ކުރެއްވުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނީޒާ އިމާދުގެ ނަން މަޖިލީހަށް ފޮނުއްވީ އެމްއެމްއޭގެ ގަވަރނަރކަމުގެ މަޤާމުގައި ހުންނެވި ޑރ. އަޒީމާ އާދަމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އަޒީމާ އެމްއެމްއޭގެ ގަވަރުނަރު ކަމުން އިސްތިއުފާ ދެއްވަން ނިންމެވީ ފިރިކަލުން ޑރ.އަލީ ނަސީރު ރާއްޖެ އިން އެމެރިކާގެ ސަފީރުކަމަށާއި އދ.ގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް އައްޔަން ކުރެއްވުމުން ދިރިއުޅުން އެމެރިކާ އަށް ބަދަލު ކުރެއްވުމަށްޓަކައެވެ.

އެމްއެމްއޭގައި ތަފާތު މަގާމުތައް ފުރުއްވާފައިވާ ނީޒާ މަތީ ތައުލީމު ހާސިލް ކުރައްވާފައި ވަނީ މާސްޓާސް އޮފް ކޮމާސްގެ ދާއިރާ އިންނެވެ. ނީޒާ ޢިމާދު މިހާރު ހުންނެވީ އެސިސްޓެންޓް ގަވަރނަރގެ މަޤާމުގައެވެ.