English Edition
Dhivehi Edition

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން އިން އަލަށް ފެނުނު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހިފައިވާ މީހަކު މިސްރުން ފެނިއްޖެއެވެ.

މިސްރުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ކޮރޯނާ ވައިރަސްއަށް ގައުމުން ބޭރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެމައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ބައްޔަށް ޕޮޒިޓިވްވެފައިވަނީ ކޮން ގައުމެއްގެ މީހެއްކަން މިސްރު ހާމަކޮށްފައިނުވާއިރު، އިތުރު އެއްވެސް މައުލޫމާތެއް މިސްރު ސަރުކާރުން ހާމަކޮށްފައެއް ނުވެއެެވެ،

ކޮވިޑް-19 ފެނުނު ގައުމުތަކުގެ އަދަދު މިހާރު 26 އަށް އަރާފައިވާއިރު ޗައިނާ ފިޔަވައި މިހާތަނަށް އެހެން ގައުމުތަކުން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 526 އަށް އަރާފައެވެ.ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިއަދު 1486 އަށް އަރާފައިވާއިރު އިއްޔެ އެކަނިވެސް ޗައިނާ އިން މިބަލީގައި 116 މީހުން މަރުވެފައެވެ.