English Edition
Dhivehi Edition

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ އިރުޝާދުގެ މަތިން މިއަހަރު ޖަޕާނުގައި ބާއްވަން ހަމަޖެހިފައިވާ ޓޯކިއޯ 2020 އޮލިންޕިކް ކެންސަލް ކުރަން ނުވަތަ ފަސްކުރަން ނުނިންމާކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ އިން ނިންމައިފި އެވެ.

އެ ކޮމެޓީ އިން އޮލިމްޕިކްސް ގޭންސް ކެންސަލް ނުކުރުމަށް ނިންމި އިރު ކޮރޯނާ ވައިރަހާއި ގުޅިގެން އިންޓަނޭޝަނަލް ބައެއް ކުޅިވަރުތައް ވަނީ ކެންސަލް ކޮށްފައެވެ. އެގޮތުން ޝަންހާއި ގްރޭންޑް ޕްރިޒް އާއި ޗައިނާގައި ބާއްވާ އޮލިމްޕިކް ކޮލިފައިން އިވެންޓް ތަކުގެ ތެރެއިން ސޮކާ، ބެޑްމިންޓަން، ބާސްކެޓްބޯލް ވަނީ ޗައިނާގައި ނުބޭއްވުމަށް ނިންމާފައެވެ.

އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމެޓީ(އައިއޯސީ) އިން ބުނީ އެތްލީޓުންނާއި ބެލުންތެރިންނަށް ރައްކާތެރި މާހައުލަކަށް ގޭމްސް ކުރިޔަށްދާ ތަން ހެދޭތޯ ކަށަވަރުކުރާނޭ ކަމަށެވެ.

ނުރައްކާތެރި ކޮރޯނާ ވައިރަސް މިހާރު ވަނީ ދުނިޔޭގެ 25 ޤައުމަކުން ފެނިފައެވެ. އެ ބަލީގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު 63،000 މީހުންމަށް ވަނީ ވައިރަސް ޖެހިފައެވެ. މިއަދާއި ހަމައަށްވެސް މި ވައިރަހަށް އެއްވެސް ވެކްސިނެއް އުފެއްދިފައި ނުވާއިރު ވައިރަސް ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. މީގެ ތެރޭގައި ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގައި އުޅޭ ސިއްހީ އެހީތެރިންވެސް ހިމެނެއެވެ.