English Edition
Dhivehi Edition

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ހުޅުދޫ،މީދޫ ގައި ހިންގުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޯހުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި -/500ރ ދައްކަންޖެހޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކޮންމެ ރަށަކަށް 10 ފުރުޞަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

15 އޯގަސްޓް 2017 ވާއަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 22 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޯމް ދޫކުރުމާއި، ފޯމް ބަލައިގަތުން ހުޅުދޫ އަވަށު އޮފީސް އަދި މީދޫ އަވަށު އޮފީހުން ހަމަޖެހިފައިވަާކަމަށް އެ ކޮމަޓީން ވަނީ ބުނެފައެވެ

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫސިޓީގެ އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން މީގެ ކުރިންވެސް ވަނީ މިފަދަ ގިނަ ކޯސްތަކެއް ބާއްވާފައެވެ

ޓެގު