English Edition
Dhivehi Edition

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އިން މާލެ އާއި ހުޅުމާލޭގައި ބަސް ދަތުރުކުރުމަށް އާ ބަސް ރޫޓެއް ހަމަޖައްސައިފި އެވެ.

އެމްޕީއެލް އިން ބުނީ އަލަށް ހުޅުވިގެން ދިޔަ ބަސް ރޫޓަކީ ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކް ގެ ހިދުމަށް ފުޅާކުރުމުގެ ގޮތުން ހުޅުވިގެން ދިޔަ ބަސް ރޫޓެއް ކަމަށެވެ.

އިއްޔެ ހުޅުވިގެން ދިޔަ އާ ބަސްރޫޓުގައި މަޑުކުރާ ސަރަހައްދުތަކުގެ ތެރޭގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކާނިވާ ބަސް ހުއްޓި ސަރަހައްދާއި ހެންވޭރު ވޮލީކޯޓް ކުރިމަތި ހިމެނެ އެވެ. ހުޅުމާލޭގައި ބަސް މަޑުކުރާނީ ހުޅުމާލެ އަސުރުމާ ހިނގުމުގައި ހުންނަ ރެޑްވޭވް ފިހާރަ ކުރިމައްޗަށާއި ހުޅުމާލެ ސެންޓްރަލް މޯލް ކުރިމައްޗަށެވެ.

އެމްޕީއެލްގެ ބަހުގެ ހިދުމަތް މިހާރުވެސް މާލެއާއި ހުޅުމާލެ ދެމެދު ދެމުންދާއިރު ގިނަ އަދަދެއްގެ ބަޔަކު އެ ހިދުމަށް ލިބިގަންނަމުން ދެއެވެ. އެމްޕީއެލްގެ ބަހުގެ ހިދުމަށް މިދިޔަ އަހަރުރޯދަމަހުވެސް ކާނިވާ ސަރަހައްދުން ހުޅުމާލެއަށް ފޯރުކޮށްދޭން މަސައްކަތް ކޮށްފައި ވެއެވެ.