English Edition
Dhivehi Edition
އއ. އުކުޅަސް - ފޮޓޯ: ދި އައިލެންޑް ޗީފް

އަރިއަތޮޅު އުތުރުބުރީ އުކުޅަހުން ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިއްޖެ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޢުލޫމާތު ދޭ ގޮތުގައި އއ. އުކުޅަހުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ގެއްލިގެން ރޭ ދަންވަރު 12:08 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

އެ ރިޕޯޓް ލިބުމާއި ގުޅިގެން އެކުއްޖާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން، އޭގެ ކުޑައިރުކޮޅެއް ފަހުން އެކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ގެއްލިގެން ހޯދަމުންދިޔަ އެ ކުޑަކުއްޖާ ފެނިފައިވަނީ އުކުޅަހުގެ ޖެޓީ ސަރަޙައްދުން ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ލިބިފައިނުވާއިރު، ފުލުހުން ބުނީ އެ މައްސަލަ ތަޙުޤީޤުކޮށް ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.