English Edition
Dhivehi Edition

ހުޅުމާލޭގައި ފުޓްބޯޅަ ކުޅެން ހުރި ބިދޭސީ މީހަކު ކުއްލިގޮތަކަށް މަރުވެއްޖެއެވެ.

ފުޓްބޯޅަ ކުޅެން ހުއްޓާ މަރުވެގެން ވެއްޓިފައިވަނީ  އުމުރުން 30 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

ފުލުހުން ބުނީ މިރޭ 20:20 ހާއިރު ހުޅުމާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ހުޅުމާލެ ޓާފް ދަނޑު އެކަކުން ބަޔަކު މީހަކު އަތްދަނޑިމައްޗަށް ލައިގެން އަންނަތަން ފެނުމުން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން މީހަކު ފުޓްބޯޅަ ކުޅެން ހުއްޓައި ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ވަގުތުން ފުލުހުންގެ ވެހިކަލެއް ގެނެސް، ވެހިކަލްގައި އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ވެއްޓުނު މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވާއިރު މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.