English Edition
Dhivehi Edition

ރާއްޖޭގައި ވިޔަފާރި ކުރަން މިނިވަން މާހައުލެއް ނެތްކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ބިލަށް ބަހުސް ކުރައްވަމުން މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވީ ރާއްޖޭގައި ވިޔަފާރި ކުރާނެ މިނިވަން މާހައުލެއް ނެތް ކަށާއި ވިޔަފާރިއެއް ކުރަން ބޭނުން ވާނަމަ ޕޮލިޓިކްސް ނުކުޅެ އެ މީހަކަށް ވިޔަފާރި ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. “ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ނުއުފެދޭ ސަބަބަކީ ވިޔަފާރި ކުރާނެ މާހައުލެއް ނެތުމުން. ވިޔަފާރިތައް ނުކުރެވިގެން އުޅޭ ސަބަބަކީ ސަރުކާރުތަކުން ވިޔަފާރިތަކަށް “އަތް ބާނާތީ”. އެކަމަށް ދައުލަތުގައި އޮތް ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި”ޖާބިރު ވިދާޅުވިއެވެ،ވިޔަފާރި ކުރަން ވެއްޖެނަމަ “ޕޮލިޓިކްސް” ވެސް ކުޅެން ޖެހޭކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ މަޖިލިސް މެމްބަރަކަށް ވުމުގެ ކުރިން ބިޑަކަށް ލައިގެން ބިޑް ދުވަހަކު ވެސް ކާމިޔާބުކުރެވިފައިވާ ނުވާކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވިޔަފާރިވެރިންނަށް ދިމާވި ދަތިތަކާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ އޭރުގައި ވެސް ސަރުކާރުގެ އިސް ބޭފުޅުން ބޭނުންފުޅުވި ވަގުތެއްގައި ބޭނުންވާ މީހެއްގެ އެކައުންޓްތައް ފްރީޒްކޮށް، އެ މީހެއްގެ ވިޔަފާރިތައް ދަތިތައް ކުރިމަތި ކުރުވަމުން ގެންދެވި ކަމަށެވެ.