English Edition
Dhivehi Edition
ކަސްޓަމްސް ބިލްޑިންގ - ފޮޓޯ: މުޙައްމަދު ޝަރުހާން

މިދިޔަ ޖަނަވަރީ މަހުގައި ދިވެހިރާއްޖެއަށް މުދާ އެތެރަކޮށްފައިވާ މިންވަރު ދަށްވެ ރާއްޖެއިން މުދާ ބޭރުކުރި މިންވަރު އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފާއިތުވި ޖަނަވަރީ މަހު އިމްޕޯޓު ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2019 ވަނަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު 4 އިންސައްތަ ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ އިން މައުލޫމާތު ދެއެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 4 ބިލިއަން މުދާ އެތެރަށްފައިވާއިރު މި އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް އެތެރަކޮށްފައި ވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ.


މިދިޔަ އަހަރުގެ ޖަނަވަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ މި އަހަރުގެ ޖަނަވަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު ވަނީ ދަށްވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ، ޗައިނާ އަދި އިންޑިޔާ އިންނެވެ. އެގޮތުން ޔޫއޭއީ އިން ރާއްޖެއަށް 717 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރަކޮށްފައި އެވެ. އަދި އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑް، ޖަރުމަން އަދި އެމެރިކާ އަށެވެ.