English Edition
Dhivehi Edition

ކ.މާފުށީގެ ރަށު ތެރޭގައި ނިވާކަންކުޑަ ގޮތަކަށް އުޅުނު ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ގޯސް ކޮށޭ ބުނެވެން ނެތް ކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައި ވަނީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ އެ ޑިސިޝަން އެގޮތަށް ނެގުމުން އެއަކަށް މާ ގިނަ ނުރުހުންތެރިކަމެއް ނުވަތަ ނުބައިކޮށް އަމާޒު ކުރެވޭކަށް ނެތް ކަމަށެވެ.

މާފުށީގައި ފަތުރުވެރިޔާ ހައްޔަރުކޮށްފައި ވަނީ އޭނާ ނިވާކަން ކުޑަގޮތަކަށް މަގުމަތީގައި އުޅެނިކޮށް ފުލުހުން އޭނާ ހުއްޓުވައި ނަސޭހަތްތެރިވުމުންވެސް ފުލުހުންގެ އަމުރަށް ނުކިޔެމަންތެރި ވުމުންނެވެ. މީސްމީޑިޔާގައި ފަހުންވެސް ވަނީ ފަތުރުވެރިޔާ ހައްޔަރުކުރި އިރުގެ ވީޑިއޯއެއް އާންމުވެފައެވެ. އެ ވީޑިއޯގައި ފަތުރުވެރިޔާ ކުލަހެދުމުގައި ހުރި ފުލުހެއްގެ ގަޔަށް އަތްލުމަށްވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ފުލުހުން ވިދާޅުވީ މާފުށިން އަންހެން ފަތުރުވެރިޔަކު ހައްޔަރު ކޮށްފައި ވަނީ މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް އެ ރަށުތެރޭގައި އުޅެމުންދާ ކަމުގެ ޝަކުވާ ލިބުމުން ކަމަށެވެ.