English Edition
Dhivehi Edition
ޢިމްރާން މުޙައްމަދު/ފޮޓޯ އިންޓަނެޓް

ރާއްޖޭގެ ޤައުމީ ޓީމުގެ ގޯލްކީޕަރުންގެ ކޯޗަކަށް ޤައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ހަމަޖައްސައިފިއެވެ.

އިމްރާން އަށް ޤައުމީ ޓީމުގެ ގޯލްކީޕަރުންގެ ކޯޗުކަމުގެ މަގާމު ދިނީ މިރޭ އެކަމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

މިރޭ ވަނީ ޤައުމީ ޓީމުގެ އެސިސްޓެން ކޯޗަކަށްވެސް ބޭފުޅަކު ހަމަޖައްސާފައި އެވެ. އެގޮތުން މިރޭ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައި ވަނީ ޤައުމީ ޓީމުގައި ކުރިންވެސް މަސައްކަތް ކޮށްފައިވާ އަލީ ސުޒޭން އެވެ. ސުޒޭން ވަނީ 2007 ވަނަ އަހަރު ޤައުމީ ފުޓްބޯޅަ ޓީމުގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަންވެސް ކޮށްފައެވެ.

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ދާދިފަހުން ވަނީ ނެދަލެންޑްސްގެ ކޯޗު މާޓިން ކޫޕްމަން އައްޔަންކޮށްފައެވެ.