English Edition
Dhivehi Edition

އިސްލާާމިކް ސްޓޭޓް ޖަމާއަތުން ދިވެހި ސަރުކާރަށް އިންޒާރުދޭ ވީޑިއޯއެއް މީސްމީޑިޔާގައި އާންމު ވެއްޖެއެވެ.

މީސްމީޑިޔާގައި އާންމުވެފައިވާ އައިއެސްގެ ވީޑިޔޯގައި އެ ޖަމާއަތުން ބުނެފައި ވަނީ ރޭ ހުޅުމާލޭގައި ހެލްމެޓް އަޅައިގެން ސައިކަލްތަކެއްގައި ތިބި ބަޔަކު ތިން ފަތުރުވެރިންނަށް ދިން ހަމަލާތަކުގެ ޒިންމާ ނަގާކަމަށެވެ. އަދި ރާއްޖެއިން ފަތުރުވެރިންނަށް ލާނެ ރަހައަކީ އަލިފާނުގެ ރަހަ ކަމަށާއި ދެން ހަމަލާތައް ދޭނެ ތަނެއްވެސް އަދި ދެވޭނެ ވަގުތެއްވެސް ނުވިސްނޭނެ ކަމަށް އެ ވީޑިއޯގައި ބުނެފައި ވެއެވެ.
IMG_5967
“ފަތުރުވެރިންނަށް ވަޅިން އެ ދިން ހަމަލާތަކުގެ ޒިންމާ އަހަރުމެން ނަގައިފިން” އައިއެސްއިން ބުންޏެވެ.

ރޭ ހުޅުމާލޭގައި ވަޅިން ދިން ހަމަލާގައި 3 ފަތުރުވެރިއަކު ޒަޙަމްވެފައިވާއިރު ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ ރޭ ވަޅި ޖެހި މައްސަލަ ތަހްޤީޤު ކުރަމުން ގެންދާ ކަމަށާއި ހަމަލާގެ ޒިންމާ އުފުލައި އާއްމުކޮށްފައިވާ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ މުއަސަސާއިން ކުރަމުން ގެންދާ ކަމަށެވެ.

ޓެގު