English Edition
Dhivehi Edition

ޗައިނާގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަހަކީ ޖަނަވާރުންގެ ފަރާތުންވެސް ޖެހިދާނެ ވައިރަހެކޭ ބުނެ ގެނެސްދިން ފޭކް ޙަބަރާއި އެކީ ޗައިނާގައި ކުއްތާތަކާއި ބުޅާތައް އިމާރާތްތަކުގެ މަތިން ވައްޓައި މަރަން ފަށައިފި އެވެ.

ޗައިނާގެ އެކި ހިސާބުތަކުގެ މަގުމަތިން މަރާލާފައިވާ ކުއްތާއާއި ބުޅާތައް ފެންނަމުންދާއިރު އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ހަވާލާދީ އެޤައުމުގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ މަރާލާފައިވާ ބުޅާތަކާއި ކުއްތާތަކުގެ ކެހެރިތައް ސާފުކަމަށާއި ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައް ކަމަށް ބެލެވޭ ކަމަށެވެ.

https://www.indiatimes.com/news/world/dogs-cats-thrown-from-homes-in-china-over-coronavirus-spread-fears-post-rumours-they-spread-it-505475.html

ބުޅާތަކާއި ކުއްތާތައް އިމާރާތްތަކުގެ މަތީން ވައްޓައި މަރަމުން ގެންދަނީ ޗައިނާގެ ސްޓޭޓް ޓީވީއަށް ޑރ. ލީ ލޭންޖުއަން ދިން އިންޓަވިއުއެއްގައި ވައިރަހަށް ޝައްކުވާ މީހުންނާއި އޮޅުކޮށްގެން ގޭގައި ގެންގުޅޭ ޖަނަވާރުތައް ކައިރިވެފައި ވާނަމަ އެ ޖަނަވާރުތައް ވެސް ކަރަންޓީން ކުރަން ޖެހޭ ކަމަށް ބުނުމުންނެވެ.

ޑރ. ލީ ގެ އިންޓަވިއު އޮޅުވާލައިގެން ލޯކަލް ޙަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރީ ކުއްތާ އާއި ބުޅަލުގެ ސަބަބުންވެސް ވައިރަސް ޖެހޭކަމަށެވެ. ހަގީގަތާއި ޙިލާފަށް އެ ޙަބަރު ގެނެސްދެވި ޗައިނާގެ ގިނަ ޕްލެޓްފޯމް ތަކުފައި ވަރަށް ހަލުވިކަމާއި އެ ޙަބަރު ފެތުރިގެން ދިޔައެވެ.

ޗައިނާ ގްލޯބަލް ޓީވީ އިން ވަނީ އެ ޤައުމުގައި ފެތުރެމުންދާ ހަގީގަތާއި ޙިލާފު ޙަބަރުގެ ސަބަބުން މީހުންނަށް އިތުރު ބިރުވެރިކަމެއް ގެނުވާތީ ދުނިޔޭގެ ސިއްޚަތާއި ބެހޭ ޖަމިއްޔާއިން މިކަމާއި ބެހޭގޮތުން ނެރެފައިވާ ވާހަކަކޮޅެއް ގެނެސްދީފައެވެ. ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ވައިރަހަކީ ގޭގައި އޮޅު ކޮށްގެން ގެންގުޅޭ ބުޅާ އަދި ކުއްތާފަދަ ޖަނަވާރުންގެ ޒަރިއްޔާއިން ޖެހޭ ވައިރަހެއް ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށެވެ.

ޗައިނާގެ ހުރިހާ ސިޓީއަކަށް މި ވައިރަސް ފެތުރިފައިވާއިރު ދުނިޔޭގެ 23 އަށްވުރެ ގިނަ ޤައުމުން މި ވައިރަސް ވަނީ ފެނިފައެވެ.