English Edition
Dhivehi Edition

ނިމިގެން ދިޔަ އެމްޑީޕީ ޕްރައިމަރީގައި އައްޑޫގައި އެންމެ ފާހަގަކޮށްލެވޭ ވާދަވެރި ކެމްޕެއިނެއް ކޮށް ބޮޑެތި ގޮންޖެހުންތަކާ އެކުވެސް އެ ދާއިރާގެ ޓިކެޓް ހޯދުމުގައި އަންހެން ކެންޑިޑޭޓެއް ކަމަށްވާ އާމިނަތު ގުލްފިޝާމު (ގުލް) ކާމިޔާބު ކޮށްފިއެވެ.

ފިރިހެން 3 ކެންޑިޑޭޓުންނާ ވާދަކޮށް ސާބިތު ކަމާއެކު ގުލްފިޝާމު އެދާއިރާއަށް ނުކުތުމުން ބައެއް މީހުންގެ ފާޑުކިޔުންތައް ގުލް އަށް އަމާޒުވިއެވެ. ސޯޝަލް މީޑިއާގައި ގުލް އާއި ދެކޮޅަށް ކެމްޕެއިން ކުރުމާއި އެއީ އެމްޑީޕީގެ ކެންޑިޓޭޑެއް ނޫން ކަމަށް ބުނެ އެއްދުވަސްވަރެއްގައި ގުލް ޕީޕީއެމްގައި ކޮށްފައިވާ މަސައްކަތްތައް ސޯޝަލް މީޑިއާގައި ދައުރުކޮށް ވާދަވެރި އިދިކޮޅު ކެމްޕެއިނެއް ވަނީ ކޮށްފައެވެ.

އަބަދުވެސް ގޮންޖެހުންތަކާ ކުރިމަތިލައި އެކަމުން ހިތްވަރު ހޯދަމުން އަންނަ ގުލް އަށް މިއީ ކުރިއަށް ދިއުމަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއް ކަމަށް ގުލް ބުންޏެވެ.

“އަޅުގަނޑުގެ ބެކްއަޕްގައި ނެތް އާއިލާ އާއި އެކުވެރިން ފިޔަވައި އިތުރު ބަޔަކު. ކެމްޕެއިން އޮފީހަކީވެސް ގޭގެ ސިޓިންގ ރޫމް. މާ ބޮޑު ޚަރަދެއް ކޮށްގެން ކުރާ ކެމްޕެއިނެއް ނޫން. އަޅުގަނޑަށް މިކަން ކުރެވޭނެ ކަމަށް ގަބޫލު ކުރާ ފަރާތްތަކާއި އަޅުގަނޑާއި މިކަމަށް ނިކުމެ މިތިބީ” ގުލްގެ ކެމްޕެއިން ކުރިއަށް ގެންދިޔަ ދުވަސްތަކުގައި “އޭއޯ ނިއުސް” އަށް ދިން އިންޓަވިއު އެއްގައި ކިޔައި ދިނެވެ.

ސްކޫލެއްގެ އިސް މަގާމެއްގައި ހުރެފައި ރިސްކުނަގައިގެން ސިޔާސީ މައިދާނަށް ނިކުމެ ފިރިހެނުންނާ އެއްސަފެއްގައި ވާދަކޮށް ގުލް ހޯދި ކާމިޔާބީ ހަމަ ވަރަށް ފުރިހަމައެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީގައި ޓިކެޓް ކާމިޔާބު ކުރާ ކެންޑިޑޭޓަކަށް ފަސޭހަ ކަމާއެކު ރަސްމީ އިންތިޚާބުގައި ކާމިޔާބު ކުރެވޭނެއެވެ. އުނދަގޫވެފައި ވާދަވެރިކަން ބޮޑު ޕްރައިމަރީން ހޯދި ކާމިޔާބަށް ފަހު ދެން އޮތީ ރަސްމީ އިންތިޚާބެވެ. އެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގައެވެ.

3 ކޮމެންޓް
Firihenunge haggu
ފެބުރުއަރީ 1, 2020
Suvaalaky anhenunnah haassa gondi ah firihenunnah vaadha nukurevey goiy vefai firihennunnah haassa gondi ah anhenunnah vaadha kureven vee keevve hey Koba hey firihenunge haggu
عءشة
ފެބުރުއަރީ 1, 2020
ކަމެއްކޮއްނުދެންޔާ ދެންފަހަރަކުން ވާނީފޭލް
Zahid
ފެބުރުއަރީ 1, 2020
Varah ufaaveri, maruhabaa, hurihaagodiakahves migothah dhejinsun vaadhakoh democracy aai insaanee haqquge ge reethi hamain inthilhaabthah bevvene dhuvkah unmeedhukuran