English Edition
Dhivehi Edition

ކުރީގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދުގެ މައްޗަށް ކުރި ހުކުމް މިއަދު ހައިކޯޓުން ބާތިލުކުރުމުން މިނިވަން ވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަކީ ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނާ މައްސަލައާއި ގުޅިގެން އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާ އާއި ގުޅިގެން ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަބްދުﷲ ސައީދުގެ މައްޗަށް ކޮށްފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރީ 2018 ވަނަ އަހަރު ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު އެވެ. ސުޕްރޯމްކޯޓުން އޭރު ނެރުނު އަމުރުގައި ވަނީ ސިޔާސީ އެތައް ގިނަ ލީޑަރުންނެއް މިނިވަން ކުރުމަށެވެ. ނަމަވެސް އޭރުގެ ރައީސް ވަނީ އެ އަމުރު ތަންފީޒުކުރުމަށް ދެކޮޅުހައްދަވައި ސިފައިން މެދުވެރިކޮށް ސުޕްރީމްކޯޓްގެ ތެރެއަށް ވަދެ އޭރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައެވެ.