English Edition
Dhivehi Edition

ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި ހުންނެވި ޙާލަތާ ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުއްﷲ ކުރެއްވި ޓްވީޓާ ގުޅިގެން، ރައީސް ޔާމީންގެ ކުރިއަށް ‘ރައީސް’ގެ ލަގަބު ބޭނުން ނުކުރި މައްސަލާގައި ޓުވިޓާ ހޫނުވެ އިމްރާން އަބްދުﷲ އަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މަނީ ލޯންޑިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މއ.ކަމިނީ ހުޅަގުގެ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުކުން ތަންފީޒުކުރަމުންދަނީ ކުރީގެ ސަރުކާރުގައި ރައީސް ނަޝީދު އާއި ރައީސް މައުމޫން ނުހައްގުން ބަންދުކޮށްފައި ބެހެއްޓީ ތަން އިތުރަށް ފެންވަރު ރަގަޅު ކުރުމަށްފަހު އެތަނުގައި ކަމަށެވެ.

އިމްރާންގެ މި ޓުވިޓްގައިކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އަށް ‘ރައީސް’ގެ ލަގަބު ދީފައިނުވާ މައްސަލައިގައި އެންމެ ފުރަތަމަ ޓުވިޓް ކުރެއްވީ ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދްއެވެ. ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ރައީސް މައުމޫންގެ ނަންފުޅުގެ ކުރިއަށް’ރައީސް’ އައިފަދައިން، ރައީސް ޔާމީންގެ ނަންފުޅުގެ ކުރިއަށް ރައީސްގެ ލަގަބު ނައީ ކީއްވެތޯ ޑރ.ޝަހީމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ރައީސް ޔާމީންއަށް ހުކުމް ކޮށްފައިވަނީ ބޭއިންސާފުންކަމަށާއި، ރައީސް ޔާމީން މިނިވަން ކުރަންޖެހޭކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.