English Edition
Dhivehi Edition
ޑްރީމްލޭންޑް ދަ ޔުނީކް ސީ އެންޑް ލޭކް ރިސޯޓު ސްޕާ - ފޮޓޯ: އަގޯޑާ

ބ. އަތޮޅުގައި ހިންގަމުންދާ ޑްރީމްލޭންޑް ދަ ޔުނީކް ސީ އެންޑް ލޭކް ރިސޯޓު ސްޕާގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު އުމުރުން 67 އަހަރުގެ ޗައިނާގެ ފިރިހެން ފަތުރުވެރިޔަކު ގެނބިގެން މިއަދު މެންދުރުފަހު 15:21 ހާއިރު ދަރަވަންދޫ ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ ފަތުރުވެރިޔާ މަރުވެފައިވާ ކަމަށް ސިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާއާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ފަތުރުވެރިން މަރުވުމުގެ ހާދިސާތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހުވެސް އއ. މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިންގ އަށް ގޮސް އުޅުނު ޖަރުމަނުވިލާތުގެ ފަތުރުވެރިއަކުވެސް ވަނީ މަރުވެފަ އެވެ.