English Edition
Dhivehi Edition

އދ.ގެ އާއްމު މަޖިލީހުގައި ތަޤުރީރު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް 4.1 މިލިއަން ރުފިޔާ ޚަރަދުވިކަން ރައީސް އޮފީހުން މިއަދު ކަށަވަރު ކޮށްދީފިއެވެ.

މިކަން ރައީސް އޮފީހުން ހާމަކުރީ އާއްމު ފަރާތަކުން ރައީސް ޞޯލިހުގެ އެ ދަތުރުފުޅުގެ މައުލޫމާތު ސާފުކުރަން ރައީސް އޮފީހުގައި އެދުމުންނެވެ. އެގޮތުން ރައީސް އޮފީހުން މިއަދު ސާފުކޮށްދިން މައުލޫމާތު ބުނާގޮތުން ސެޕްޓެމްބަރު 21 އިން 30 ގެ ނިޔަލަށް ރައީސް އެމެރިކާއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ޓިކެޓަށް 2،057،536،86 ރުފިޔާ ޙަރަދުވިއެވެ.އަދި އެ ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް ދަތުރުކުރެއްވީ ބިޒްނަސް ކްލާހުގައެވެ.

އެ ދަތުރުފުޅުގައި ރައީސް ޞޯލިހާއި، އެމަނިކުފާނުގެ ވަފުދު އެމެރިކާގައި ތިއްބެވުމުގެ ޚަރަދާއި ފަރިއްކޮޅުގެ ޚަރަދަށް 1،855،388.2 ރުފިޔާ ޚަރަދުކުރެއްވިއެވެ.އަދި ޕޮކެޓް މަނީގެ ގޮތުގައި 141،595 ރުފިޔާ ވަނީ ޚަރަދުކުރެވިއިރު ފޮށި ބަރުވުމުން އެކްސެސް ބެގެޖަށް 6،168 ރުފިޔާ ޚަރަދު ކުރިކަންވެސް ތަފާސް ހިސާބުން ދައްކައެވެ.

ރައީސް އޮފީހުން ހާމަކޮށްކޮށްފައިވާ ގޮތުގައި މިދަތުރުފުޅަށް ޖުމްލަ 4،171،823.42 ރުފިޔާ ޚަރަދުވެފައި ވެއެވެ.