English Edition
Dhivehi Edition
އެމްޓީސީސީ ގެ ބަހެއް ބްރިޖް މަތިން ދުއްވާފައި ދަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ބަސްތަކާއި ހެވީ ވެހިކަލް ދުއްވުމަށް އަންހެނުން ހޯދަން އިއުލާން ކޮށްފިއެވެ. އެމްޕީއެލް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި މަގާމުތަކަކީ ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހުޅުވާލައިފައިވާ މަގާމުތަކެއް ކަމަށެވެ.

އެމްޕީއެލްގެ އިއުލާނުގައި ބުނެފައި ވަނީ މި މަގާމުތަކަށް ކުރިމަތިލެވޭނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އަންހެނުންނަށް ކަމަށާއި އަދި މި މަގާމުތަކަށް ހޮވޭ ފަރާތްތަކަށް ފުރަތަމަ 6 މަސްދުވަހުގެ ތަމްރީނެއް ދޭނެ ކަމަށެވެ. އެ މުއްދަތުގައި އެފަރާތްތަކަށް ހާއްސަ އިނާޔަތެއް ދެވިގެންދާނޭ ކަމަށް އެ އިއުލާނުގައި ވެއެވެ.

6000 ރުފިޔާގެ އެލަވަންސެއް ލިބޭގޮތަށް އެމްޕީއެލްއިން އިއުލާންކުރި މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން އެ ކުންފުނިން ދޭ ޓްރެއިނިން ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން އެމީހަކަށް ހެވީ ވެހިކަލާއި ބަސް ދުއްވުމުގެ ލައިސަންސް ދެވޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަދި އެއަށްފަހު މި ވަޒީފާގައި ދާއިމީ ކުރާނެ ކަމަށް އެމްޕީއެލްގެ އިއުލާނުގައި ވަނީ ބުނެފައެވެ.

މި މަގާމުތަކަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލައިފައި ވަނީ ޖެނުއަރީ 30 ވަނަ ދުވަހުގެ މުއްދަތަށެވެ.