English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި އާސެނަލް ކުޅުނު މެޗުގައި އާސެނަލްގެ ފަހަށް ބެލެހެއްޓުމުގައި އެންމެ އިސްދައުރެއް އަދާކުރަމުންދާ ބްރެޒިލްގެ ޑޭވިޑް ލުއިޒްއަށް ރަތްކާޑު ދެއްކި ނަމަވެސް 10 ކުޅުންތެރިންނާއި އެކު އާސެނަލްއިން ޗެލްސީހިފަހައްޓައިފިއެވެ.

ޗެލްސީގެ ސްޓެމްފޯޑު ބްރިޖްގައި ރޭ ކުޅުނު ފޯރިގަދަ މިމެޗު ނިމުނީ 2-2 ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލުޖެހީ ލިބުނު ޕެނަލްޓީއަކުން ޖޯޖިނިއޯ އެވެ.މި ޕެނެލްޓީއަކީ ޗެލްސީގެ ފޯވާޑް އަބްރަހަމްއަށް ލުއިޒް ކުރި ފައުލްއަކާއި ގުޅިގެން ލިބުނު ޕެނެލްޓީއެކެވެ.

މިލަނޑާއެކު ޗެލްސީއިން ލީޑުއޮވެ ފުރަތަމަ ހާފު ނިންމާލިނަމަވެސް، ދެވަނަ ހާފު ގެބްރިއެލް މާޓިނެލީ ޖަހައިދިން ލަނޑާއެކު އާސެނަލްއިން ވަނީ ވަރުގަދަ އެޓޭކިން ގޭމެއް ކުޅެމުންއައި ޗެލްސީ ސިއްސުވާލާފައެވެ.

ޗެލްސީއިން ދެވަނަ ފަހަރަށް ލީޑު ނެގީ އަޒްޕިލިކުއެޓާ 84 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން އާސެނަލްގެ ޑިފެންޑަރު ހެކްޓަ ބެޔަރިންގެ ގޯލުން އެޓީމު ވަނީ ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މިނަތީޖާއާއެކު ޗެލްސީއިންވަނީ 40 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނާގައި ހިފަހައްޓާލާފައެވެ. 30 ޕޮއިންޓާއެކު އާސެނަލް 10 ވަނާގައޮތް އިރު އެއްވަނާގައި ލިވަޕޫލް އޮތީ އެއްވެސް މެޗަކުން ބަލި ނުވެ 64 ޕޮއިންޓާ އެކު އެވެ.