English Edition
Dhivehi Edition
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް، ރ.ކަނދޮޅުދޫ، ރިހިތަޅާގެ އަޙްމަދު މުޙައްމަދުފުޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އައްޔަންކުރައްވައިފިއެވެ. މި މަގާމަށް އާ ބޭފުޅަކު ރައީސް އަށްޔަން ކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުގައި ކުރިން ހުންނެވި ހެންވޭރުމާފިޔަ، ޢަބްދުﷲ މުނާޒް އެ މަގާމުން މިއަދު ވަކިކުރެއްވުމަށްފަހުގަ އެވެ.

ރައީސް އޮފީހުން ވިދާޅުވީ ސަރުކާރުން މި ބަދަލު ގެންނެވީ ޖަލުތަކުގެ ހިންގުމުގެ ކަންކަން ހަރުދަނާކުރެއްވުމުގެ ގޮތުން ކަމަށެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް މިއަދު ޢައްޔަންކުރެއްވި އަޙްމަދު މުޙައްމަދުފުޅު އައްޔަންކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ގެ 18 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

އަޙްމަދު މުޙައްމަދުފުޅު އެންމެ ފަހުން އަދާކުރެއްވީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމެވެ. އަޙްމަދު މުޙައްމަދު ފުޅު ވަނީ ޤައުމީ ޔުނިވަރސިޓީން ސޯޝަލް ޕޮލިސީގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާސިލުކުރައްވާފައެވެ. ބެޗްލާސް ޑިގްރީ ޙާޞިލްކުރައްވާފައި ވަނީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ޤައުމީ ޔުނިވަރސިޓީންނެވެ.