English Edition
Dhivehi Edition

ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ނުވާތީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) އެޕާޓީއަށް ސުވާލުތައް ކުރިމަތިކޮށްފިއެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތް ހިންގުމަށްޓަކައި ދިވެހި ރައްޔިތުން އެމްޑީޕީއަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަން ދީފައިވާ ކަމަށާއި އަދި އެމްޑީޕީއަށް ދިވެހި ރައްޔިތުން  މަޖިލީހުގެ ސުޕަ މެޖޯރިޓީވެސް ދީފައިވާ ކަމަށެވެ. “ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެވަރުން ފުދެން ޖެހޭނެ. އެހެންނަމަވެސް އެ މައްސަލަތައް ހައްލު ނުވަނީ ކީއްވެގެންތޯ ؟ “އިބްރާ ވަނީ ސުވާލުކުރައްވާފައެވެ.

އިބްރާ މިހެން ވިދާޅުވީ ރާއްޖޭގައި ހިނގާ އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ މީހުންނަށް އަދަބު ދިނުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ބުނެ ގިނަ ބަޔަކު މި ސަރުކާރުގެ މިނިސްޓްރުން އިސްތިއުފާއަށް ގޮވަމުންދާ ދަނޑިވަޅެއްގައެވެ. މި ގޮތުން  ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ކާފައާ މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ ގިނަ ބަޔަކު ޖެންޑާ މިނިސްޓްރ ގެ އިސްތިއުފާއަށް ގޮވާފައިވާއިރު ސަރުކާރު ހިންގާ މައި ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީއިން މިކަމާއި ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

މީގެ އިތުރުން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ މީހުންގެ ކޮމިޝަނުން މައްސަލަތައް ތަހުޤީގުކޮށް ނިންމާފައިވާއިރު މިއިން އެއްވެސް މައްސަލައެއްގައި ތުހުމަތުކުރެވޭ މީހުންނަށް ފިޔަވަޅު އަޅާފައިނުވާކަމަށް ގިނަ ބަޔަކުވަނީ މިސަރުކާރުގެ އިހްލާސްތެރިކަމާއި މެދުވެސް ސުވަލު އުދައްދާފައެވެ.