Thutthu kuhjaa rape kuri meehun dhanjehsumashaau hoara ibbe jalah laan husha alhuhvanee - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

8 މަސް ކުރިން

ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުވެސް ނުވާ ތުއްތުކުއްޖާ ރޭޕްކުރި މީހުން ދަންޖެއްސުމަށާއި ހޯރައިއްބެ ޖަލަށް ލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިއަދު ރާއްޖޭގެ އޮންލައިން ނޫހަކަށް ވިދާޅުވީ ތުއްތު ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވި މީހުންނަށް ދަންޖައްސައިގެން މަރުގެ އަދަބު ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ސިޓީއެއް ފޮނުވާނެ ކަމަށާއި އަދި އެކަން ކުރުމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުމަށް ޤާނޫނަށް އިސްލާހް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ ކުއްޖާ ރޭޕްކުރި މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ދަންޖައްސައިގެން މަރަން ޖެހޭނެ ކަމަށާއި ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުހައްމަދު ޞާލިހް އާއި ރައީސް ނަޝީދު ވެސް ކުޑަކުދިން ރޭޕް ކުރުން ފަދަ ކުށްތައް ހިންގަން ޖާގަ ދެއްވަން ބޭނުންފުޅު ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.ޖާބިރު އިތުރަށް ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސްމީހެއް ކަމަށްވާ އިބްރާހިމް ރަޝީދު (ހޯރައިއްބެ) އަނބުރާ ޖަލަށް ގެންދަން ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

ތުއްތު ކުއްޖާ ރޭޕް ކުރި މީހުން ދަންޖައްސަން ހުށަހެޅުމަށް ޖާބިރު ނިންމެވިއިރު ވަރަށް ގިނަ ރައްޔިތުންވެސް ގެންދަނީ ކުޑަކުދިން ރޭޕްކޮށް ޖިންސީ ގޯނާ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލަމުންނެވެ. ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލާގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ހަނު ތިބުމުން އެމްޑީޕީ އަށްވެސް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.