English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޭ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑުތަކުން  ޕާމާ ބަލިކޮށް އެންމެ ފަހުގެ ލީގު ޗެމްޕިއަން ޔުވެންޓަސް އިން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރޭ ޕާމާ އަތުން 2-1 ލަނޑުން އަމިއްލަ ދަނޑުގައި ހޯދި މޮޅާއި އެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ 20 މެޗުން 51 ޕޮއިންޓާ އެކު އެވެ. އިންޓަ ދެ ވަނައިގައި އޮތީ 20 މެޗުން 47 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ 19 މެޗުން 45 ޕޮއިންޓް ހޯދާފައިވާ ލާޒިއޯ އެވެޔުވެންޓަސް އެއް ވަނައިގައި އޮތީ 20 މެޗުން 51 ޕޮއިންޓާ އެކު އެވެ. އިންޓަ ދެ ވަނައިގައި އޮތީ 20 މެޗުން 47 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ 19 މެޗުން 45 ޕޮއިންޓް ހޯދާފައިވާ ލާޒިއޯ އެވެ.

ރޭ ކުޅުނު މެޗުގައި ޔުވެންޓަސް އިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓްގައި މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ނަމަވެސް މެޗުގެ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އަންދްރެއާސް ކޯނެލިއަސް ކާމިޔާބު ކުރި ލަނޑުން  ޕާމާ އިން ނަތީޖާ އެއްވަރު ކުރިއެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޕައުލޯ ދިބާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮނާލްޑޯ ވަނީ އޭނާގެ ދެ ވަނަ ލަނޑު ޖަހައި މެޗުން ތިން ޕޮއިންޓް ޔުވެންޓަސް އަށް ކަށަވަރުކޮށްދީފަ އެވެ.

ރޭގެ މެޗަކީ ލީގުގައި ޖެހިޖެހިގެން ރޮނާލްޑޯ ގޯލު ޖެހި ހަތް ވަނަ މެޗެވެ. ޔުވެންޓަސް އަށް އެންމެ ފަހުން ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލު ޖަހައިދިނީ 2005 ވަނަ އަހަރު ޑޭވިޑް ޓްރެޒެގޭ އެވެ.