English Edition
Dhivehi Edition
އއ. މާޅޮސްގެ ގޮނޑުދޮށް - ފޮޓޯ: ޓްވިޓާ (އއ. މާޅޮސް ކައުންސިލް)

އއ. މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިންގ އަށް ގޮސް އުޅުނު ޖަރުމަނުވިލާތުގެ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އއ. މާޅޮސް ކައިރީގައި އޮތް ސަފާރީއަކުން ޑައިވިންގ އަށް ދިޔަ ޖަރުމަނުވިލާތުގެ އަންހެނަކު މަރުވެފައިވާ ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 08:45 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 71 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެ އަންހެން މީހާ އއ. މާޅޮސް ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ފަތުރުވެރިން މަރުވުމުގެ ހާދިސާތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.