English Edition
Dhivehi Edition
16 ޖެނުއަރީ 2020 ވަނަ ދުވަހުގެ ރޭ އެކްސިޑެންޓްވި ކާރު - ފޮޓޯ: ޕޮލިސް

ރޭ މާލޭގައި ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ލޮނުޒިޔާރަތް ކޮޅުގައި ހަދަމުންދާ “ޖަޒީރާ ޕާކު”ގެ ތެރެއަށް ވަދެ، އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ރޭ 23:50 ހާއިރު މޫންލައިޓް ހިނގުމުން ދުއްވާފައި ދިޔަ ކާރެއްގެ ކޮންޓްރޯލް ނުވެގެން ގޮސް ސިނަމާލެ ބްރިޖަށް އަރާ ހިސާބުން އެ ޕާކުގެ ތެރެއަށް ވަދެވައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، ނަމަވެސް ކާރުގެ ކުރީ ބަފަރުގެ ދެފަރާތު އަރިމަތިން ގޭނި، ހަލާކުވެ ލޮކް ގޮސްފައިވާ ކަމަށާއި، އަދި ފަހަތު ބަފަރުގެ ލޮކް ނެއްޓިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކާރު ދުއްވާފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަކީ ލައިސަންސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެ އެކްސިޑެންޓް ހިނގި ވަގުތު އޭނާގެ އަތުގައި ލައިސަންސް ނެތް ކަމަށާއި، ކާރު ދުއްވާފައި ވަނީ ކާރުގެ ވެރިފަރާތުން ނޫން ކަމަށްވެސް ފުލުހުން ބުނެއެވެ.

ރޭގެ އެކްސިޑެންޓްގައި “ޖަޒީރާ ޕާކު”ގެ ވަށައިގެން ޖަހާފައިވާ ފެންސަށް ގެއްލުންވެފައިވާއިރު، އެކްސިޑެންޓްވެފައި ވަނީ ހުދު ކުލައިގެ ކާރެކެވެ.