English Edition
Dhivehi Edition

ކ.ގިރިފުށީ ޖެޓީ ކައިރިއަށް ގޮތްނޭނގޭ ޕާރުސަލެއް ލައްގައިފި އެވެ.

ސިފައިންގެ ތަމްރީނުތައް ހެދުމަށް ބޭނުންކުރާ ގިރިފުށީ ޖެޓީ ސަރަހައްދުން ދެ ފޫޓުގެ ޕާރުސަލެއް ފެނިފައިވާ އިރު އެއީ ކޮން އެއްޗެއްކަން އަދި ދެނެގަނެވިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ގިރިފުށީ ޖެޓީ ސަރަހައްދަށް ޕާރުސަލް ކޮށްފައި އޮތް އެއްޗެއް ލައްގާފައި އޮއްވާ ފެނިފައިވަނީ މިއަދު ހެނދުނު 11:30 އެހާކަންހާއިރު ކަމަށެވެ.އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ގިރިފުށްޓަށް ލެއްގީ ކޮން އެއްޗެއް ތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ވ.ރަކީދޫ ގޮނޑު ދޮށުންވެސް އަޅުކަން ކުރަން ގެންގުޅޭ ބުދެއްވަނީ ފެނިފައެވެ.

ވ.ރަކީދޫ ފުޓްސަލް ދަނޑާއި ދިމާލަށް ލައްގާފައިވާކަމަށް ބުނާ މި ބުދާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކުން އަދި ވަކިއެއްޗެއް ބުނެފައިނުވާއިރު އެ ރަށުން ވާހަކަ ދެއްކި މީހަކުވަނީ މިހާރު އެ ބުދު އަންދާލާފައިވާ ކަމަށް ބުނެފައެވެ.

ޓެގު