English Edition
Dhivehi Edition

ގދ. ތިނަދޫ އުތުރުފަރާތު ކުނިކޮށްޓާ ދިމާލުން ފަރުބޭރަށް  ކުދި މަސްތަކެއް ނެގުމަށް ޑައިވިނަށް ދިޔަ ދިވެހި ފިރިހެނަކު  ނިޔާވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ތިނަދޫ އުތުރު ފަރާތުން ކުނިކޮށްޓާއި ދިމާލަށް ފަރު ބޭރަށް ޑައިވިނަށް ދިޔަ މީހަކު ނިޔާވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 14:12 ހާއިރުކަމަށެވެ.  އެ މީހާ އެރަށު އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.

ފުލުހުން މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނައިރު ނިޔާވެފައި ވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.