ސްޓެލްކޯ ހެޑް އޮފީސް - ފޮޓޯ: މިހާރު
ސްޓެލްކޯއިން ލެޑް ލައިޓް ބަހާ ޙަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
5 ދުވަސް ކުރިން
އައިޝަތު ފަތުޙީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ލެޑް ލައިޓް ބެހުމުގެ ޚާއްސަ ޙަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ޙަރަކާތް އޮންނާނީ 18 ޖެނުއަރީ ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:30 އިން ހަވީރު 17:30 އަށް ކަމަށެވެ. އަދި އެ ޙަރަކާތުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ޤާއިމްކުރާ އެ ކުންފުނީގެ ޓެންޓްތަކަށް އައިޑީ ކާޑު ހިފައިގެން ޒިޔާރަތްކޮށްގެން ހިލޭ ހަތަރު ލެޑް ބޮކި ލިބޭނެ ކަމަށްވެސް ސްޓެލްކޯ އިން ބުނެއެވެ.

Advt

Advertisement

ސްޓެލްކޯ އިން ބުނީ އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން، އެއްވެސް ފަރާތަކަށް ޕްލާސްޓިކް ކޮތަޅު ނުބަހާނެ ކަމަށެވެ. އަދި ޓެންޓްތަކަށް ޒިޔާރަތްކުރާ ކަސްޓަމަރުން އަމިއްލަ ކޮތަޅުތައް ހިފައިގެން އައުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

މާލޭގެ 10 ސަރަޙައްދެއްގައި ސްޓެލްކޯގެ ޓެންޓުތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.