English Edition
Dhivehi Edition

ފޭދޫ ސްކޫލް ކަންމަތިން ބޮޑު މަގުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މެންދަމު 12.10 އެހާކަށްހާ އިރު ސައިކަލެއް ފުރޮޅާލައިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ ފޭދޫ މިއުޒިކީ މަންޒިލް ޢުމުރުން 25 އަހަރުގެ ޙުސެން ސަޢީދަށެވެ. އޭނާއަށް ފޭދޫ ސިއްޙީ މަރުމަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމަށް ސިއްޙީ މަރުކަޒުން މަޢުލޫމަތު ދެއްވައެވެ.

މިރޭ އިރާ ކޮޅުގެ ވަގުތެއްގައިވެސް ފޭދޫގައި ސައިކަލެއް ފުރޮޅާލައިގެން ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. މިއެކްސިޑެންޓުގައި ފޭދޫގެ ޒުވާނަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އޭނާ މިހާރުވަނީ ދޫކޮށްލާފައެވެ.

މިއީ މިހަފްތާގެތެރޭ ފޭދޫގެ ބޮޑު މަގުގެ އެއް ސަރަޙައްދަކުން ހިނގި މިފަދަ 3 ވަނަ އެކްސިޑެންޓެވެ.

މީގެ ކުރިން ހިނގި އެކްސިޑޭންޓްގައި އަނިޔާ ލިބުނު އަރްޝަމް އިލްހާމް ވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލެވިފައެވެ.

ފޭދޫ ސްކޫލާ ދިމާއިން ބޮޑު މަގުގައި އެކްސިޑެންޓްތައް ހިނގާ ސަރަޙައްދަކީ ކޭބަލެއް ވަޅު ލުމަށްފަހު ވެއްޔާއި   އެތަނުންނެގި ތާރުގަނޑާއި އަކިރި އެޅުމުގެ ސަބަބުން  މަގަށް ވުރެ އުސް ކޮށް އޮތް ތަނެކެވެ. މިރޭގެ އެކްސިޑެންޓަށް ފަހު ފުލުހުންވަނީ އެތަނުގައި ކޯން ޖަހާފައެވެ.

ސްކޫލްގަޑީގައި އެހިސާބުގައި ދުއްވަން އުނދަގޫވެ ޓްރެފިކް ޖޭމް ވުމުގެ ސަބަބުން ގަޑިއަށް ސްކޫލަށް އައުމުގައިވެސް ހުރަސްތައް ކުރިމަތިވާކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

“މިވަރު ކުޑަ ކަމެއް ޙައްލު ނުވެ ދާންވާ ސަބަބެއް ނޭނގޭ. ރައްޔިތުން މިމަގު މިހެން އޮވެގެން ޝަކުވާ ކުރާތާ އެތައް ދުވަހެއްވެއްޖެ. އެކްސިޑެންޓް ހިނގި ޢަދަދެއްނޭނގެ. ދެންހަމަ ފުރާނައެއް ދަންދެން ބަލަބަލާ ތިބެންވީތޯ. ” ފޭދޫ ބޮޑު މަގުގެ ޙާލަތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. ސޯޝަލް މީޑިއާގައިވެސް އައްޑޫސިޓީގެ މަގު ތަކުގެ ޙާލަތާމެދު ދަނީ ކެނޑިނޭޅި ބަޙުސްތައް ކުރެވެމުންނެވެ. އެހެންނަމަވެސް އަދި ސަރުކާރުން މިކަމަށް އެދެވޭ ޙައްލެއް ހޯއްދަވާފައެއް ނެތެވެ. ދާދި މިދާކަށް ދުވަހު އައްޑޫސިޓީގެ މަގުހެދުމުގެ މަޝްރޫޢު ބަޔަކާވަނީ ޙަވާލު ކުރެވިފައެވެ. އެމަޝްރޫޢު ނިމޭއިރު އައްޑޫސިޓީގެ 80 އިން ސައްތަ މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް  ހަދާ ނިމޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

2 ކޮމެންޓް
ބަބުޖީ
ޖެނުއަރީ 17, 2020
ބޭނުންފުޅުވާ މީހަކު ފުނޑެންދެން
Tot
ޖެނުއަރީ 16, 2020
furaana eh nudheytho. Kithah meehun hamavandhen tho ahaa bala.