English Edition
Dhivehi Edition

ފުވައްމުލަކު ސިޓީގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި މީހާ ހޯދަނީ ފުވައްމުލަކު ސިޓީގެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ސ. ހިތަދޫ، ބްލޫމީޑް، ޙުސައިން ޢަލީ (32އ) ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު އޭނާ ހޯދަމުންދަނީ ފުވައްމުލަކު ކޯޓަށް ހުށަހެޅިފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާގެ އިބްތިދާޢީ އަޑުހެއުމަށް، ބަންދުގައި ބަހައްޓައިގެން 2020 ޖެނުއަރީ 19 ވަނަ ދުވަހުގެ 11:00 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ޙުސައިން ޢަލީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

ޓެގު