ފަޤީރުންނަކީ ދުވާލެއްގެ މައްޗަށް 75 ރ ނުލިބޭ މީހުން- ރައީސް
6 ދުވަސް ކުރިން
ޝާން މުޙައްމަދު

ފަޤީރުންނަކީ ދުވާލެއްގެ މައްޗަށް 75 ރުފިޔަަ ނުލިބޭ މީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިގޮތަށް ވިދާޅުވީ, ތިލަދުންމައްޗަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިރުވައި ކޮންފަރެންސްގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުންނެވެ.

Advt

Advertisement

ރައީސް ވިދާޅުވީ ރާއްޖޭގައި ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ދުވާލެއްގެ މައްޗަށް 74 ރުފިޔާ ލިބެންޖެހޭނެ ކަމަށެވެ. އަދި މާލޭގައި މި މިއަދަދު ނުލިބޭ އިންސައްތަ އަކީ 1.7 ކަމަށާއި އަތޮޅުތަކުގައި މި ވަރަށް އާމްދަނީ ދުވާލެއްގެ މައްޗަށް ނުލިބޭ މީހުންގެ އިންސައްތައަކީ 12 ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

މިއަދު ރައީސް ވިދާޅުވީ މި ފަރަގު ނައްތާލަން މަސައްކަތް ކުރަށްވަމުންދާ ކަމަށާއި އަދި މި ފަރަގު ނައްތާ ނުލެވިއްޖެނަމަ ރާއްޖެއަށް ތަރައްޤީއެއް ނުގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެ ތަރައްޤީ ކުރުމަކީ މާލެ ކައިރީގައި އޮތްތަނެއް ނުވަތަ މާލެ ތަރައްޤީ ކުރުން ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިނިމަން ވޭޖް ކަނޑައެޅުމުގައި މަޝްވަރާކުރަން ޖެހޭ ކަމަށާއި ރާއްޖޭގައި ބޮޑެތި ވިޔަފާރި ތަކުގައި އާއި ކުދި ވިޔަފާރި ތަކުގައިވެސް މީހުން އުޅޭކަމަށް ރައީސް ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން މުހިންމު އެއް ކަމެވެ.