English Edition
Dhivehi Edition
ކާށިދޫ ފަރަށް އެރި އެސްޓީއޯގެ ތެޔޮ ބޯޓު "މާތޮޅި":

ޤައުމީ ޝިޕިންލައިން އުފެއްދުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން(އެސްޓީއޯ)އިން ބުނެފި އެވެ.

އެސްޓީއޯ އަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.

އަމްރު ވިދާޅުވީ މިގައުމަކީ ބޭރުން މުދާ ގެނައުމަަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެއް ކަމަށާއި އަދި ރާއްޖެއަށް ގިނަ މުދާ އެތެރެކުރަމުންދަނީ ކަނޑުމަގުން ކަމަށެވެ. އަދި ޤައުމީ ޝިޕިންލައިނެއް ނެތުމުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދަތިތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤައުމީ ޝިޕިންލައިނެއް އުފެއްދުމުން މި ދަތިތަކަށް ހައްލުތަކެއް ހޯދި، މުދަލުގެ އަގު ހެޔޮކުރަން ފަސޭހަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުވެސް އަދި މި އަހަރުވެސް ޤައުމީ ޝިޕިން ލައިނެއް ހަދާނެ ކަމަށް އެސްޓީއޯއިން ބުނެފައިވާއިރު މިކަމުގެ އެއްވެސް ތަފްސީލެއް މިހާތަނަށް އެސްޓީއޯއިން ދީފައި ނުވެއެވެ.