English Edition
Dhivehi Edition

ދައުލަތަށް ފުރަތަމަ ހަފްތާގައި ލިބުނު އަދަދަށްވުރެ ޙަރަދު ކުރި އަދަދު އިތުރުވެއްޖެކަން ހާމަވެއްޖެއެވެ. އެގޮތުން ދައުލަތަށް މިއަހަރުގެ ފުރަތަމަ ހަފްތާގައި އާމްދަނީގެ ގޮތުގައި 87.8 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ ފުރަތަމަ ހަފްތާ ގައި 219.9 މިލިއަން ރުފިޔާ ދައުލަތުގެ އެކި ކަންކަމަށް ޚަރަދުކޮށްފައި ވެއެވެ.

މިނިސްޓްރީ އޮފް ފިނޭންސުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު މިއަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. އަދި ދައުލަތުގެ ޙަރަދު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

2019 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 234.7 މިލިއަން ރުފިޔާ ލިބިފައިވާއިރު އެ އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތުން ޚަރަދުވީ 81.4 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ދައުލަތުން ނަގާ ޓެކުހުންނެވެ. އެގޮތުން ޓެކްސް ގެ ގޮތުގައި ދައުލަތަށް 54.2 މިލިއަން ރުފިޔާގެ އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. ޓެކްސް ނޫން ގޮތުގައި ދައުލަތަށް ވަނީ 32.8 މިލިއަން ރުފިޔާ ލިބިފަ އެވެ.