English Edition
Dhivehi Edition

އިރާޤުގެ ތާޖީގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒަށް ހަމަލާދީފިއެވެ.

ރޭ  އިރާޤުގެ ވެރިރަށް ބަޣުދާދާއި ކައިރި އަވަށެއްގައި ހުރި މި އަސްކަރީ މަރުކަޒަށް ފަސް ރޮކެޓް ހަމަލާ ދީފައިވާއިރު މި ހަމަލާގައި  އެއްވެސް މީހަކު މަރުވި ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ، އެމެރިކާގެ ރައީސް ޓްރަމްޕްގެ އަމުރަށް، އިރާން އަސްކަރިއްޔާގެ ދެވަނަ އަށް އެންމެ އިސް ވެރިޔާ، މޭޖާ ޖެނެރަލް ސުލެއިމާނީ އަވަހާރަކޮށްލެމާއެކު މެދު އިރުމަތީގެ ހާލަތު ގޯސްވެފައިވާއިރު އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒަތަކަށް ދޭތެރެ ދޭތެރެއިން ދަނީ ހަމަލާތައް އަމާޒުވަމުންނެވެ. ރޭ ދިން މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވާއިރު އެމެރިކާ ކިބައިން ބަދަލު ހިފާނެ ކަމަށް އިރާނުންވަނީ ބުނެފައެވެ.

ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން އެމެރިކާއާ ދެކޮޅަށް ދައުވާކުރަން ނިންމާފައިރު  މި މައްސަލަ ހުށައަޅާފައިވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށެވެ އީރާނުގެ ޖުޑިޝަރީގެ ތަރުޖަމާނު ވިދާޅުވީ އެމައްސަލަ ބަލާނީ ސުލައިމާނީ އަވަހާރަކޮށްލި ގައުމުކަމުގައިވާ އިރާގާއި އީރާނުގެ ކޯޓުތަކުގައި ކަމަށާއި އަދި އެ މައްސަލައިގެ ހުކުމަކާ ހަމައަށް ދިއުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށެވެ. ނަމަވެސް އެމައްސަލަ ކޮޅެއްގައި ޖެހެންދެން މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ

އިރާންގެ ރައީސް ހަސަން ރޫހާނީ  ވިދާޅުވީ އެމެރިކާ އިން ވަނީ އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ “އަތް ހަށިގަނޑުން ވަކިކޮށްފައި” ކަމަށާއި އޭގެ ރައްދުގައި މެދުއިރުމަތިން އެމެރިކާގެ “ފައި ބުރިކޮށްލާނެ” ކަމަށެވެ. އަދި ސުލައިމަނީގެ މަރުގެ ބަދަލު ހިތިގޮތަކަށް ހިފާނެ ކަމަށް އިރާނުން ބުނެފައިވާއިރު އެ ގައުމުން ވަނީ ހަނގުރާމަ އިއުލާންކޮށް ރަތް ދިދަވެސް ނަގާފައެވެ.އެހެންނަމަވެސް މިހާތަނަށް ދެ ގައުމުގެ ދެމެދުގައި މާ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވިފައި ނުވާއިރު ހަނގުރާމައެއް ފަށަން ޖެހިއްޖެ ނަމަ އެމެރިކާ އޮތީ ތައްޔާރަށް ކަމުގައި ޓްރަމްޕްވަނީ ބުނެފައެވެ،