English Edition
Dhivehi Edition
އަންޑަރ ވޯޓަރ ޑްރޯން ގެ "ތަމްބް އަޕް " ކެމްޕެއިންގެ ތެރެއިން

“ޝޮޕް އެންގޯ” އިން  ތައާރަފުކުރި ގްލޭޑިއަސް މިނި ޑްރޯން ވެގެން ދިޔައީ ޒަމާނީ މަސްވެރިކަން ކުރުމަށް ބޭނުންވެގެންތިބި އައްޑޫގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކަށެވެ. ކަނޑު އަޑީގެ 100 މީޓަރަށް ފޮނުވާލެވޭ މި ޑްރޯން އާއެކު މަސްވެރިން އެން ހޯދުމަށް ކުރާ ގިނަ ޑައިވިން ކުރަން ނުޖެހި މަސައްކަތަށް ލުއި ފަސޭހަކަމެއް އައީއެވެ.

ގްލޭޑިއަސް މިނި ޑްރޯން ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފެށި މަސްދޯންޏަކަށް އައްޑޫސިޓީގެ މަރަދޫ “މިރާ” ދޯނި ވެގެން ދާނެއެވެ. ޒަމާނީ ވަސީލަތް ތަކާއެކު އެ  ދޯނިން ކުރަމުން އައި މަސްވެރިކަން ކަނޑު އަޑީގެ ޑްރޯން އާއެކު މުޅިން މެކުހަށް ޖެހީއެވެ.  މިރާ ދޯންޏާއެކު މަރަދޫ ރަހާ ދޯންޏާއި ރަސްކުރި ދޯނިން ވެސް ޑްރޯންގެ ފަސޭހަކަން ހޯދައި މަސައްކަތަށް އިތުރު ކުރިއެރުމެއް ހޯދައިފިއެވެ.

“އެހާގިނަ ޑައިވަރުން ނެތުމާ އެކު ކުރިން އެންމެ ބޮޑު ދަތިކަމަކަށް ވެފައި އޮންނަނީ އެން ހުރިތަންތަން ހޯދަން ކުރަން ޖެހޭ ޑައިވް. މިހާރު ޑްރޯން ބޭނުންކޮށްގެން އެމަސައްކަތް ކުރެވޭ ގޮތް ވުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެއް” މިރާ ދޯނީގެ ކެޔޮޅު ކިޔައިދިނެވެ.

ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސްވެރިކަން ކުރަމުން އަންނަ މިރާ ދޯނިން ބުނީ މިހާރު ހަދާ ގޮތަކީ ފަތިހު ކަނޑަށް ނިކުމެ އެންހުރިތޯ ބަލަން ޑްރޯން އަޑިއަށް ފޮނުވުމަށްފަހު ރެހި ހުންނަ ތަންތަން އެނގުމުން ދާ ޖަހައިގެން ރެހި ނަގައިގެން މަސްކަނޑަށް ނިކުންނަނީ ކަމަށެވެ.

“50 މީޓަރު އަޑިން އެން ނަގާތާ މިހާރު ވެއްޖެ އަހަރު ދުވަސް. މިހާރު 100 މީޓަރު އަޑީގައި ހުންނަ އެން މި ޑްރޯން ބޭނުންކޮށްގެން ފަސޭހަ ކަމާއެކު ހޯދާ ލެވޭ” ކެޔޮޅު ބުނެދިނެވެ.

ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯން އާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޝޮޕްއެންގޯ ގެ ވެރިޔާ އަލީ އާދިލް ވިދާޅުވީ އެންމެ ފުރަތަމަ ޑްރޯން ތައާރަފްކޮށްގެން މި ވިއްކަނީ 100 މީޓަރުގެ ކޭބަލް އަކާއެކު ކަމަށް ވިޔަސް ބައެއް ފަރާތްތަކުން އެންހޯދުމަށް ޑްރޯން ދުރަށް ވެސް ދުއްވަން ބޭނުންވާތީ 200 މީޓަރުގެ ކޭބަލް އޮޕްޝަނެއްގެ ގޮތުގައި ލިބޭނެގޮތް ހަމަޖައްސާފައިވާނެ ކަމަށެވެ.

2 ގަޑި އިރަށް ހިފަހައްޓާ ލެވޭ ބެޓެރި އާއެކު އެއް އަހަރުގެ ވޮރެންޓީއާއެކު އަދި ސޭފްޓީ ބޭގްސް ހިމެނޭ ގޮތަށް ވިއްކާ މި ޑްރޯން  ގެ ސަރވިސް ސެންޓަރެއް ކައިރި މުސްތަގުބަލެއްގައި އައްޑޫގައި ހުޅުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އާދިލް ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރު މަހު މާކެޓަށް ނެރުނު މި ޑްރޯން މިހާރު އައްޑޫގެ 3 ދޯންޏަކުން ބޭނުންކުރެއެވެ. މީގެ އިތުރުން ހުވަދު އަތޮޅުގެ 4 ދޯންޏަކުން ވެސް މިހާރު ޑްރޯން ބޭނުންކުރަން ވަނީ ފަށާފައި ކަމަށް އާދިލް ވިދާޅުވިއެވެ.

“އާންމުކޮށް މަސްވެރިން ހަދާގޮތަކީ ފިޝް ފައިންޑަރ ބޭނުންކޮށްގެން އެން ހުރިކަމަށް ލަފާ ކުރެވޭ ސަރަހައްދު ތަކަށް ޑައިވިނަށް މިދަނީ އެން ހުރިތޯ ބަލަން. އެން ހުރިނަމަ އެ ޕޮޒިޝަނެއް ފާހަގަކުރުމަށް ފަހު އަލުން ރޭގަނޑު މި އަންނަނީ ދިއްލައިގެން އެން ނަގަން. އެހެންވުމުން 2 ޑައިވިން ކުރަން އެބަޖެހޭ. އާންމުކޮށް އެގޮތަށް ޑައިވިން ކުރާއިރު 24 ގަޑި އިރު ނުވަނީސް ދެވަނަ ޑައިވިނެއް ކުރުމަކީ ރައްކާތެރި ގޮތެއް ނޫން. ދާދި ފަހުން ތިނަދޫގައި ވެސް 7 މީހުން އެގޮތަށް ޑައިވް ކޮށްގެން ޑީކޯވެގެން ފަރުވާދޭން ޖެހިފައިވަނީ. ޑްރޯން ބޭނުންކުރުމުން ޑައިވިނަށް ނުގޮސް ޑްރޯން ފޮނުވައި ބަލައިގެން އެން ހުރިތަން ހޯދެވޭ. މިއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް” ޑްރޯން އާއި ބެހޭ ގޮތުން އާދިލް ކިޔައިދެއްވިއެވެ.

ޗޭސިންގ ކުންފުނީގެ އުފެއްދުމެއް ކަމަށްވާ ގްލޭޑިއަސް މިނި ޑްރޯން ރަސްމީކޮށް ރާއްޖެ އެތެރެކޮށް ވިއްކަނީ ޝޮޕްއެންގޯއިން ނެވެ. މީގެ އަގަކީ 24،500 ރުފިޔާއެވެ. ވޯޓަރ ސްޕޯޓްސް ގައި ބޭނުން ކުރާ ގިނަ އާލާތްތައް ރާއްޖެ އެތެރެކޮށް މާކެޓް ކުރާ ޝޮޕްއެންގޯ އިން ހޯލްސޭލް ކޮށް އަދި ރީޓެއިލްކޮށް މިފަދަ ސާމާނު ވިއްކައެވެ. ޝޮޕްއެންގޯ އިން މިހާރުވެސް އިންޓަނޭޝަނަލް  27 ބްރޭންޑް ރާއްޖެއަށް އެތެރެކޮށް މާކެޓް ކުރާއިރު،  ޝޮޕްއެންގޯ ގެ ހުރިހާ ޕްރޮޑަކްޓެއް http://shopngo.com.mv/ މި ވެބްސައިޓުން ފެނިގެން ދާނެއެވެ.  މިނި އަންޑަރވޯޓަރ ޑްރޯން އެއް ގަންނަން ބޭނުންވާ ފަރާތްތަކުން މި ނަމްބަރަށް ގުޅުމުން އިތުރު މައުލޫމާތު ލިބިގެން ދާނެއެވެ.  9607774681