English Edition
Dhivehi Edition
2017 ވަނަ އަހަރު ބޭއްވި މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން - ފޮޓޯ: ޙުސައިން ވަޙީދު (މިހާރު)

‘މޯލްޑިވްސް މެރިން އެކްސްޕޯ’ގެ އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ކުރި އިއުލާނެއްގައި ބުނެފައި އެ އެސޯސިއޭޝަނުން 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ‘މޯލްޑިވްސް މެރިން އެކްސްޕޯ’ގެ އިވެންޓް މެނޭޖަރުކަން ކުރުމަށް ހެދިފައިވާ އެއްބަސްވުން 31 ޑިސެމްބަރު 2019ގެ ނިޔަލަށް ހަމަވެފައިވާތީ، ކުރިއަށް އޮތް މީލާދީ ފަސް އަހަރަށް އެ އިވެންޓް މެނޭޖްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެންބީއޭއެމް އިން ބުނީ އީއޯއައި ގައި ޝައުޤުވެރިވާ ކުންފުނީގެ ނަމާއި، މުވައްޒަފުންގެ އަދަދު އަދި އެކްސްޕޯ ބޭއްވުމަށް ގަސްތުކުރާ ތަނާއި، އެކްސްޕޯގައި ބައިވެރިކުރަން ގަސްތުކުރާ ފަރާތްތަކާއި، ފައިސާ ހޯދާނެ ގޮތްތަކާއި ޚަރަދު ކުރާނެ ކަންކަމުގެ އިތުރުން ފަސް އަހަރު ދުވަހުގެ ރޯޔަލްޓީ ފީ އަދި ބޯތިންގ އިންޑަސްޓްރީއަށް އެ އެކްސްޕޯއިން ވާނެ ފައިދާތައް ބަޔާންކޮށްފައިވާން ޖެހޭނެ ކަމަށެވެ.

އެންބީއޭއެމް އިން ބުނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމުގެ ސުންގަޑި އަކީ 21 ޖެނުއަރީ ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ކަމަށެވެ.

އަދި އީއޯއައި ހުށަހަޅާނީ އެ އެސޯސިއޭޝަންގެ އީމެއިލް [email protected] އަށް ނުވަތަ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އެ އެސޯސިއޭޝަންގެ އިދާރީ އޮފީހަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ މެރިން އެކްސްޕޯ ބާއްވާފައި ވަނީ އޮކްޓޯބަރު މަހުގެ 23 އިން 25 އަށް ދަރުބާރުގެ އާއި މާލޭ މަސްވެރިންގެ ޕާކުގަ އެވެ.