English Edition
Dhivehi Edition

ތާއީދު ހޯދުމަށް ނުވަތަ ވޯޓް ހޯދުމުގެ ބޭނުމުގައި ދެ ފަރާތުން އެއްބަސްވާ ވައުތަކާއި އަހުދުތައް އުވާލަން އުޅުމަކީ އަމާނާތްތެރި މުސްލިމުންގެ ސިފައެއް ނޫން ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެމްބަރުންނަށް ހައްގު މިންވަރު އަދި ލިބެންވާ ބައި ނުލިބިގެން އުޅެނީ ސަރުކާރު ކޯލިޝަންގެ ސަބަބުން ކަމަށް  ވިދާޅުވެ ރައީސް މުހައްމދު ނަޝީދު ދެއްކެވި ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވަމުން ޝައިހް  އިލްޔާސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ތާއީދު ހޯދުމަށް ނުވަތަ ވޯޓް ހޯދުމުގެ ބޭނުމުގައިވެސް ދެ ފަރާތުން އެއްބަސްވާ ވައުތަކާއި އަހުދުތައް އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ ތެދުވެރި މުސްލިމުންގެ ސުފައެއް ނޫންކަމަށެވެ، ވައުދާއި އަހުދު އުވާލުމަކީ މުނާފިގުންގެ ސިފައެއް ކަމުގައި ފާހަގަކުރައްވަމުން އިލްޔާސް ވަނީ މި ކަމާއި މެދު ފުންކޮށް ވިސްނުމަށް ރައްޔިތުންނަށް އިލްތިމާޒްކުރައްވާފައެވެ.

އެމްޑީޕީން ތިލަދުން މައްޗަށް ކުރާ ދަތުރުގެ ތެރެއިން ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮވެ ރައްޔިތުންނަށް ހިތްހަމަޖެހުން ނުލިބިގެން އުޅެނީ އެ މަނިކުފާނު ދެކެ ވަޑައިގަންނަވާ ގޮތުގައި ކޯލިޝަންގެ ސަބަބުން ކަމަށެވެ. ރައްޔިތުން އެމްޑީޕީއަށް ތާއިދުކުރާ މިންވަރު ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައިވެސް ފެނިގެން ދިޔައީ ރައްޔިތުން އެމްޑީޕީ ސަރުކާރު ބޭނުންވާ މިންވަރު ކަމަށެވެ.