English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލުން ، 2020 ވަނަ އަހަރުގެ ބަޖެޓާއި ގުޅޭ ގޮތުން މަޝްވަރާ ހޯދުމަށް ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމައިފިއެވެ.

2020 ގެ ބަޖެޓް ކައުންސިލުން ފާސްކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ ހުޅުމީދޫގައެވެ. މި ގޮތުން މި މަހުގެ 14 ވަނަ ދުވަހު(މާދަމާ) ހުޅުމީދޫ އެސްޓިއޯ އިމާރާތުގައި މީދޫ މީހުންނާއި ބައްދަލުކުރުމަށް ނިންމާފައިވަނީ ހެނދުނު 10:00ގައެވެ. މާދަމާ މެންދުރު ފަހު 1:00 ގައި ހުޅުދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމާފައިވާއިރު މާދަމާ ހަވީރު 4:00 ގައި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލުކުރުން އޮންނާނީ އިރުޝާދިއްޔާ ސްކޫލްގައެވެ. ޖަނަވަރީ 14 ވަނަ ދުވަހުގެ ރޭ ހިތަދޫ ރައްޔިތުންގެ ބައްދަލުވުން ބާްއްވަން ނިންމާފައިވަނީ ޝަރަފުއްދީން ސްކޫލްގައެވެ.

ޖަނަވަރީ 15 ވަނަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަރަދޫ ރައްޔިތުންގެ ބައްދަލުވުން މަރަދޫ ސްކޫލްގައި ބޭއްވުމަށް ނިންމާފައިވާއިރު ފޭދޫ ރައްޔިތުންނާއި ބައްދަލުކުރުން އޮންނާނީ 15 ވަނަ ދުވަހު މެންދުރުފަހު 1:00 ގައި ފޭދޫ އަވަށު އޮފީހުގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުމަކީ 2020 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ބާއްވާ މުހިންމު ބައްދަލުވުމަކަށްވާތީ މި ބައްދަލުވުންތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކައުންސިލަށް ލިބުމަކީ، ވަރަށް މުހިންމުކަމެއް ކަމުގައެވެ